މީމު އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށައިފި
މުލަކަތޮޅުގައި ތަރައްޤީކުރާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިން ފަށައިފިއެވެ.
މިކަމަށް ޓަކައި މުލަކުގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. މުލީގައި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިކްރާމް ޙަސަންއެވެ.
މުލީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ މުލީ އެއަރޕޯޓްގެ މަސައްކަތަކީ އަތޮޅުގެ ރައްޔިތުންނަށް ހަމައެކަނި ކުރަހައިދިން ކުރެހުމެއް ނޫން ކަމަށެވެ. މިކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާއިރު، ޕްރޮޖެކްޓްގެ މަސައްކަތަށް ހުއްޓުމެއް ނައިސް އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި އެއަރޕޯޓްގެ ޚިދުމަތް ރައްޔިތުންނަށް ދެވޭވަރަށް މަސައްކަތް ނިންމާނެކަމުގެ ފުރިހަމަ ޔަގީންކަން އާދަމް އާޒިމް ވަނީ ދެއްވާފައެވެ.
މުލަކަތޮޅުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 28ވަނަ ދުވަހުއެވެ. މީމު އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ.
ކާޅު ހާލިހެދީމާ ކޮވެ ބިސްއަޅާހެން ކުރީސަރުކާާާާާާާާާާާާާާާާާާރުންބިންހިއްކީމާ އެއާޕޯރޓް ވާލުސޮރުވެސްތިކަންކުރާނެ