ޚަބަރު

ގދ. ވާދުގައި ސްކޭޓް ޕާކެއް އެޅުމުގެ މަސައްކަތް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ. ވާދޫގައި ސްކޭޓް ޕާކެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މި މަސައްކަތްތައް ކުރިޔަށް ދަނީ ރަށުގެ ހެޑްސް ޖަމްއިއްޔާއާ ރަށު ކައުންސިލާ ގުޅިގެންނެވެ. ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ގދ.ވާދޫ ކައުންސިލް ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، މި މަޝްރޫއަކީ ދެލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ މަޝްރޫއެއް ކަމަށެވެ.

ގާތްގަޑަކަށް ދިހަ ހާސް އަކަފޫޓުގެ ޖާގައެއްގައި ހަދާ ސްކޭޓް ޕާކް ނިމޭއިރު، އެތަނާ އިންވެގެން ބާސްކެޓް ބޯޅަ ކޯޓަކާއި، މަލްޓި ޕާޕަސް ހޯލެއް ވެސް ހެދިގެން ދާނެކަމަށް ކައުންސިލް ރައީސް މުޙައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޙީދު ވިދާޅުވީ މި ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީން، ގދ. ވާދޫ ކައުންސިލަށް ދެލައްކަ ރުފިޔާގެ ފަންޑެއް ދީފައިވާ ކަމަށެވެ. އަދި ބީ.އެމް.އެލް އިން ފަންސާސްހާސް ރުފިޔާގެ އެހީތެރިކަމެއް ދިންކަމަށް ވެސް ގދ.ވާދޫ ކައުންސިލް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، އާއްމުންގެ ދީލަތި އެހީތެރިކަން ވެސް މި ޕްރެޖެކްޓަށް ލިބެމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!