Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ސައީދަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ސައީދަށް ހޮސްޕިޓަލުގައި ފަރުވާދެނީ

އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ ރޫޅާލުމަށް ފުލުހުން ޖެހި ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ސަޢީދަށް އަނިޔާވީ ފުލުހުން މުޒާހަރާ ކޮންޓުރޯލުކުރުމަށް ބާރު ބޭނުންކުރުމުގެ ތެރެއިން ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ. ސައީދަށް އަނިޔާވެވަޑައިގެން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މިރޭގެ މުޒާހަރާ ތެރެއިން ޕީއެންސީގެ ކައުންސިލު މެންބަރު އަޙްމަދު ނަރީޝު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރަށް މިރޭގެ މުޒާހަރާގައި، ފުލުހުންގެ އޮފިސަރަކު ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލަށް ހަމަލާދީ މޫނުމަތީ ޖަހާފައިވާ ކަމަށާއި، ޕާޓީ އޮފީސްކުރިމަތީގައި މުޒާހަރާވެރިންނަށް އެ ފުލުސް އޮފިސަރު އިންޒާރުދީފައިވާ ކަމުގައިވެސް އިދިކޮޅު ކޯލިޝަނުގެ ބައެއް މުޒާހަރާވެރިން ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މުޒާހަރާ މިރެޔަށް ނިންމާލާފައިވާއިރު މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށާއި، ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް އަނިޔާ ނުކުރުމަށް ގޮލާފާފައެވެ. އަދި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް