ދުނިޔެ

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤް 12 އަހަރަށް ޖަލަށް

ދެން އެމްވީ ، ދެން އޮންލައިން

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާޤުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާއެއް ސާބިތުވެ 12 އަހަަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފިއެވެ.

Ads by Sosun Fihaara

މެލޭޝިއާގެ ހައިކޯޓުން މިއަދު ހެނދުނު ނަޖީބުގެ މައްޗަށް މިހުކުމް އިއްވިއިރު، އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި މަގާމުގެ ނާޖާއިޒް ނުފޫޒުގެ ބޭނުންކުރެއްވުމާއި، މަނީ ލޯންޑަރިންގް ފަދަ ދައުވާތައް ހިމެނެއެވެ.

އުމުރުފުޅުން 67 އަހަރު ފުރިފައިވާ ނަޖީބް ރައްޒާޤް ވަނީ އެގޮތް ގޮތުގެ މަތިން މެލޭޝިއާގެ ދައްލަތަށް ލިބެންޖެހޭ 42 ރިންގިޓް (9.8މިލިއަން ޑޮލަރު) އޭނާގެ އަމިއްލަ އެކައުންޓަށް ލާފައި ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.

މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި ނަޖީބު ވަނީ މިހުރިހާ ދައުވާއަަކަށް އިންކާރު ކޮށްފައެވެ. އަދި އެފައިސާތައް އޭނާގެ އެކައުންޓަށް ދިޔަގޮތް އެނގިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!