Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19: ހިންނަވަރުން މީހަކު ފައްސި ވެއްޖެ!

ކޮވިޑް-19: ހިންނަވަރުން މީހަކު ފައްސި ވެއްޖެ!

ޅ. ހިންނަވަރުން ކޮވިޑަށް މީހަކު ފައްސި ވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ފައްސިވެފައިވަނީ އެރަށުގައި ހޯމް ކަރަންޓީނު ވެގެން ހުރި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާގެ ޓެސްޓު ހެދީ މާލޭގައި ހުރުމަށްފަހު ހިންނަވަރުގައި 14 ދުވަހު ކަރަންޓީނުގައި ހުރުމަށްފަހު ކަމަށާއި އޭނާ މިބައްޔަށް ފައްސިކަން އެނގުނީ މިއަދު ހެނދުނުކަން ވެސް ވަނީ އެނގިފައެވެ.

Advertisement
Ooredoo — Truecaller (box)

ފައްސިވި މީހާއަކީ ކަރަންޓީނުގައި ހުރި މީހެއްކަމުން އޭނާ އާއި އެއްވެސް މީހަކު ދިމާވެފައިވާނެ ކަމަށް ހީނުވި ނަމަވެސް އޭނާގެ ކޮންޓެކްޓް ޓްރޭސިންގ ދަނީ ހަދަމުންނެވެ.

ހިންނަވަރުން އެހެން މީހެއްގެ ގައިން ވެސް އަލާމާތްތަކެއް ފެނިގެން ވަނީ ކޮވިޑަށް ޓެސްޓު ކޮށްފައެވެ. ނަމަވެސް އޭނާވަނީ މިބައްޔަށް ނައްސި ވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް