Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

33 އަހަރު ގްރޭޑު 10 ގެ ޓެސްޓުން ފެއިލްވި 51 އަހަރުގެ މީހަކު ސަލާމަތްކޮށްދިނީ ކޮވިޑް19

33 އަހަރު ގްރޭޑު 10 ގެ ޓެސްޓުން ފެއިލްވި 51 އަހަރުގެ މީހަކު ސަލާމަތްކޮށްދިނީ ކޮވިޑް19

ބައެއް މީހުނަކީ ކަންކަމަށް އެހާ ފަސޭހައިން ކަންކަން ދޫކޮށްލާ ބައެއް ނޫނެނެވެ. ކާމިޔާބީ އާ ހަމައަށް ވާސިލް ވެވެންދެން މިފަދަ މީހުން ހިތްވަރު ކުރެއެވެ. މިއީ ވެސް އެފަދަ މީހެއްގެ ވާހަަކައެވެ.

މިއީ އުމުރުން 51 އަހަރުގެ މުހައްމަދު ނޫރައްދީންއެވެ. މުހައްމަދު ނޫރައްދީން އަކީ ނާކާމިޔާބީއާ އެތައް ފަހަރަކު ކުރިމަތިވުމުން ވެސް ކެނޑިނޭޅި މަސައްކަތް ކޮށްފައިވާ ނަމޫނާ ފަރާތެކެވެ.

މުހައްމަދު ނޫރައްދީން ފާއިތުވި 33 އަހަރު އުޅުނީ ގްރޭޑު 10 ގެ ޓެސްޓު ފާސް ނުވެގެންނެވެ. އިނގިރޭސި އަށް މޮޅުނުވުމުގެ ސަބަބުންނާއި ކިޔަވައިދޭނެ މީހަކު ނެތުމުގެ ސަބަބުން މުހައްމަދު ނޫރައްދީން އަށް ޓެސްޓުން ފާސްވުން ވެގެންދިޔައީ ވަރަށް ބޮޑު ކަމަކަށެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަށް އެދޭ ކޮންމެ ފަހަރަކު އެ ޓެސްޓު ހެދުމަށް އެތަނުން ފޮނުވާލާތީ އެ ޓެސްޓު ހަދާތާ މިހާރު 33 އަހަރު ވެއްޖެ ކަމަށް އިންޑިއާ ގެ ނޫސްތަކަށް މައުލޫމާތު ދެމުން މުހައްމަދު ނޫރައްދީން ބުނެފައިވެއެވެ.

ދެ ކޮއްކޮ ގެ އެހީގައި ކިޔަވުމަށް މަސައްކަތް ކުރަމުން އައި މުހައްމަދުގެ ނަސީބުގެ އަތުގައި ހިފީ ކޮވިޑް19އެވެ. ކޮވިޑް19 އާއެކު ކްލާސްތައް ކެންސަލްވެސް ޓެސްޓުތައް ވެސް ނުބޭއްވުނީއެވެ. ޓެސްޓު ނެތް ނަމަވެސް ހުރިހާ ކުދިން ފާސްކޮށްދީ ޖެހިގެން އައި ގްރޭޑަށް ވަނީ ޕްރޮމޯޓުކޮށްދީފައެވެ.

މުހައްމަދު ނޫރައްދީން އަށް މިހާރު ސެކިއުރިޓީގެ ވަޒީފާ ލިބިފައިވާއިރު އޭނާ ބުނި ގޮތުގައި އޭނާ ބޭނުންވަނީ އަދިވެސް އިތުރަށް ކިޔަވާށެވެ. އަދި ކިޔަވައިގެން ޒިންމާދާރު ވަޒީފާ އެއް އަދާކުރުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް