އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްފި
![](https://dhen.mv/wp-content/uploads/2020/08/BOWmBijBPwk6Zbg-850x548.jpg)
އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު އައްޑޫ ސިޓީގެ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެގޮތުން 48 އަހަރުގެ އަންހެނަކު ރޭޕްކުރިކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.