ކިނބިދޫން ހަތަރު މީހުން ފައްސިވެ އެ ރަށަށް އަރައި ފޭބުން މަނާ ކޮށްފި
![](https://dhen.mv/wp-content/uploads/2021/04/photo-1572374800615-17f4eac1202a-850x548.jpg)
ތ.ކިނބިދޫން ހަތަރު މީހަކު ކޮވިޑް-19އަށް ފައްސިވެ އެރަށަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކިނބިދޫއިން ހަތަރު މީހަކު ފައްސިވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެ ރަށުން ފައްސިވީ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގި ތިން މީހަކާއި އެ އަތޮޅު ވޭމަންޑޫއަށް ދަތުރު ކުރި މީހެއް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއްވައެވެ.
މީގެ ދެ ދުވަސްކުރިން ވޭމަންޑޫން މާލޭ ގެނައި ދެމީހަކު ފައްސިވެ އެ ދުވަހު ވަނީ އެ ރަށަށް އަރައިފޭބުން މަނާ ކޮށްފައެވެ. އަދި މުޖުތަމައުގައި ބަލި ފެތުރިފައި ވޭތޯ ބެލުމަށް އެ ރަށުން ރެންޑަމް ސާމްޕަލް ތަކެއް ވެސް ވަނީ ނަގައިފައެވެ. އެ ސާމްޕަލްތަކުގެ ތެރެއިން 19 ސާމްޕަލް ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އެއް ހަމައެއްގައި ހިފެހެއްޓިފައިވާއިރު، އަތޮޅު ތެރެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ބޮޑުތަނުން އިތުރު ވަމުންނެވެ.