ޚަބަރު

ފީއަލިން އެމްޑީޕީއަށް ހަތަރު ގޮނޑި، އެއް ގޮނޑި ޖޭޕީއަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ފ.ފީއަލީގެ ހަތަރު ގޮނޑި ވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ކާމިޔާބު ކުރައްވައިފިއެވެ.

Ads by Hajj Corporation
އެ ރަށު ކައުންސިލްގެ ރައީސްކަން ކާމިޔާބު ކޮށްފައި ވަނީ މިހާރު އެ ރަށު ކައުންސިލްގެ ނައިބު ރައީސް އެމް.ޑީ.ޕީގެ ކެނޑިޑޭޓް މޫސާ އަޙުމަދެވެ. އޭނާއަށް ލިބިފައި ވަނީ 352 ވޯޓެވެ. މޫސައާ ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަޙުމަދު ޒާހިރަށް ލިބިފައި ވަނީ 310 ވޯޓެވެ.
އެ ރަށު އާންމު މެމްބަރުންގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމް.ޑީ.ޕީގެ ދެ ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން މެމްބަރުކަމަށް ވާދަކުރި މިހާރުގެ ރައީސް މުޙައްމަދު ޖަލީލަށް ލިބިފައިވަނީ 356 ވޯޓެވެ. އަދި އެމްޑީޕީން ދެން ވާދަ ކުރި އަހުޒަމްއަށް ލިބިފައި ވަނީ 353 ވޯޓެވެ. މި ދެ ކެނޑިޑޭޓުންނާ ވާދަ ކުރެއްވި ޕީ.ޕީ.އެމްގެ ކެންޑިޑޭޓް އަޙުމަދު ނާފިޛަށް ލިބިފައި ވަނީ 319 ވޯޓެވެ.
އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ދެ ގޮނޑިގެ ތެރެއިން 338 ވޯޓާ އެކީ އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު
ރާނިޔާ ގޮނޑިއެއް ކާމިޔާބު ކޮށްފައި ވާއިރު، 349 ވޯޓާއެކު އަނެއް ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޖޭޕީގެ ކެންޑިޑޭޓް ޙަސީމާ ޢަބްދުއް ރަޝީދެވެ މިގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް މިރުޒާއަށް ލިބިފައި ވަނީ 330 ވޯޓެވެ. އަދި ޖޭޕީގެ ކެނޑިޑޭޓް އައިމިނަތު ސަނޫނާއަށް ލިބިފައިވަނީ 270 ވޯޓެވެ
މިހާރުގެ ނަތީޖާއާއެކު ފީއަލީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއިން މި ވަނީ ހޯދާފައެވެ. ފީއައްޔަކީ އަބަދުވެސް ސާފު މެޖޯރިޓީ އެމްޑީޕީން ހޯދަމުން އަންނަ ރަށަކަށް ވާއިރު މިހާރުގެ ކައުންސިލްގައިވެސް ތިބީ އެމްޑީޕީގެ ތިން މެންބަރުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!