މުނިފޫހިފިލުވުން

އާލިއާ ބަޓް އަޅައިގެން އުޅޭ މާސްކުގެ އަގަކީ އެންމެ 333 ރުޕީސް، ކިހާ އަގުހެޔޮ!

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް ނިސްބަތްވަނީ އިންޑިއާގެ ނަން މަޝްހޫރު އާއިލާ އަކަށެވެ. އެންމެ ޅަ އުމުރުން ފެށިގެން މިއަދާއި ހަމައަށް ވެސް ފޯރުންތެރި ދިރިއުޅުމެއް އުޅުމުގެ ނަސީބު ލިބިފައިވާ އާލިއާ، އަބަދުވެސް އާއްމުންގެ ތެރޭގައި ފެނިފައިވަނީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ މަންޒަރެވެ.

Ads by MWSC

މިދުވަސްކޮޅު އިންޑިއާގައި ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން އާލިއާ ގިނަވަގުތު ހޭދަކޮށްފައިވަނީ ގޭތެރޭގައެވެ. އޭނާ ބޭރު ތެރެއިން އެންމެ ފަހުން ވެސް ފެނިފައިވަނީ، ރިޝީ ކަޕޫރުގެ ޖަނާޒާގައެވެ.

ނަމަވެސް ދާދި ފަހުން ޖޫހޫއިން އާލިއާ ވަނީ ފެނިފައެވެ.

ނިދަންލާކަހަލަ ހަރުވާޅަކާއި ހުދު ކުލައިގެ ޓީޝާޓެއް ލައިގެން އޭނާ ހުރިއިރު، އަތަށް އަންގި ވެސް ލައްވާފައި ހުއްޓެވެ. ނަމަވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ އޭނާ އަޅައިގެން ހުރި އާދައިގެ މާސްކަށެވެ.

"އަޑީޑާސް އޮރިޖިނަލްސް" ގެ އެމާސްކަކީ ވަރަށް އަގުހެޔޮ މާސްކެއް ކަމަށާއި އާދައިގެ ގިނަ މީހުން ވެސް އެމާސްކު ގަނެގެން އަޅައިގެން އުޅޭކަން އިންޑިއާގެ ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.

އިންޑިއާގައި އޭގެ މާސްކުގެ އަގަކީ އެންމެ 333 ރުޕީސް އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!