ދުނިޔެ

ރާބޯން ވެގެން ހޭންޑް ސެނިޓައިޒަރ ބުއި، އިންޑިއާގެ ނުވަ މީހަކު މަރުވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ނިއު ދިއްލީ: އިންޑިއާގައި ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން ބަނގުރާ ވިއްކާ ފިހާރަތަށް ބަންދު ކުރުމުން، އެލްކޮހޯލް (ރާ) އަޅަައިގެން ހަދާފައި ހުންނަ ސެނިޓައިޒަރ ބޮއެގެން ނުވަ މީހުން މިއަދު މަރުވެއްޖެއެވެ.

Ads by Sosun Fihaara

އަންދްރަ ޕްރަދޭޝްގެ ކުރިޝެޑޫ އަވަށުގެ ޕޮލިސް ސުޕަރިންޓެންޑެންޓް ސިދާތު ކޯޝަލް ބުނީ، މަރުވި ނުވަ މީހުން ވަނީ ގިނަ އަދަދެއްގެ ހޭންޑް ސެނިޓައިޒަރ ފެނާއި ނުވަތަ ސޮޑާއާއި އެއްކޮށްގެން ބޮއެފައި ކަމަށެވެ. އަދި އެތަކެތި ބުއިމަށްފަހު އެމީހުން ޚަބަރުހުސްވެގެން ވެއްޓުނު ކަމަށް ވެސް ބުނެފައިވެއެވެ.

އެމީހުން ހޭނެތިގެން ވެއްޓުމުން އަވަހަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް ގެންދިޔައިރު މަރުވެފައިވާ ކަމަށް ސިދާޓު ބުންޏެވެ.

އެމީހުން ހޭންޑް ސެނިޓައިޒަރ ބުއީ އެއަވަށުން މިދުވަސްކޮޅު ބަނގުރާ ލިބެން ނެތުމުން ރަލުގެ "ބަދަލުގައިކަން" އެނގިފައިވާ ކަމަށާއި އެނުވަ މަރާއި ގުޅިގެން އިތުރަށް ކުރަން ޖެހޭ ތަހުގީގުތަށް ކުރަމުން އަންނަ ކަމަށް ވެސް ސިދާތު ބުންޏެވެ.

ރާ ބޯން ވެގެން އެކި އެއްޗެހި ބުއިމުގެ ސަބަބުން އިންޑިއާގެ ފަގީރު އަވަށްތަކުން ކޮންމެ އަހަރަކު ސަތޭކައެއްހާ މީހުން މަރުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!