ދުނިޔެ

ފަސް އަހަރުގެ ތެރޭ 44 އަންހެނުން ރޭޕް ކުރި މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ފަސް އަހަރުގެ ތެރޭ 44 އަންހެނުން ރޭޕް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ފްލޮރިޑާގެ ފުލުހުން ބުނީ 1980ގެ އަހަރުތަކުގައި ފަސް އަހަރު ދުވަހުގެ ތެރޭ 44 އަންހެނުން ރޭފް ކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 40 އަންހެނަކަށް ވަޅިން ބިރުދެއްކުމަށްފަހު އޭނާ ރޭޕް ކުރި ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އުމުރުން 60 އަހަރުގެ ރޮބާޓް ޔޫޖީން ކޯހްލާއަކީ ރޭޕް ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

ފްލޮރިޑާގެ ފުލުހުން ބުނީ ދެކުނު ފްލޮރިޑާގެ ބައެއް ގެތަކަށް ވަދެ، ރޭޕް ކުރި މައްސަލަތަކެއްގައި ވެސް ކޯހްލާއަށް ތުހުމަތުކުރެވޭ ކަމަށާއި އޭނާ އާންމުކޮށް ގެތަކަށް ވަދެފައިވަނީ ތަޅު ނުލާ ހުންނަ ކުޑަދޮރުން ކަމަށެވެ. އަދި އެއް ހާދިސާގައި މީހަކު ރޭޕް ކުރުމަށްފަހު ޖެހިގެން އައި މަހު ކުރިން ކޯހްލާ ރޭޕް ކުރި މީހާގެ އަވައްޓެރިއެއް ރޭޕް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!