ދިވެހި ސިނަމާ

ފާޑު ކިޔާ މީހުންނަށް ޝިފާގެ ރައްދު: އެންމެން ހެޕީއެއް ނުކުރެވޭނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހި ފިލްމީ އުދަރެހުގައި އެންމެ އުހުގައި މިއަދު ފިޔަ ޖަހަމުންދާ އެއް ތަރި އަކީ މަރިޔަމް ޝިފާއެވެ. ޝިފާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ސްކްރީނުން މަގުބޫލުކަން ހޯދި ޒުވާން ފަންނާނެކެވެ. ހުނަރުން ފުރިގެންވާ ބަތަލާއެކެވެ. ކަމަށް ކަމޭ ހިތައިގެން މަސައްކަތް ކުރާ މޮޅު އެކްޓްރެސް އެކެވެ. ބުނާ ކޮންމެ ރޯލަކަށް ވެސް ހަމަ އެންމެ ރަނގަޅު އެއް "ފިޓެވެ."

ޓިކްޓޮކްތަކުން އާންމުންނަށް ފެނުނު ޝިފާ އެންމެ ފުރަތަމަ ފިލުމަކުން ފެނިގެން ދިޔައީ ބިރުވެރި ފިލްމު "ދެވަންސޫރަ" އިންނެވެ. އޭނާ އެ ފިލްމުގައި ފެނިގެން ދިޔައީ އެ ފިލްމުގެ ލީޑު ރޯލުންނެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 17 އަހަރެވެ. ނަަމަވެސް 17 އަހަރުގައި ވެސް ޝިފާގެ އެކްޓިން ފެނިގެން ދިޔައީ ވަރަށް ވެސް ތަފާތު ކޮށެވެ.

ފިލްމީ ދާއިރާއަކީ ވެސް އަދި އެހެން ދާއިރާތަކަކީ ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާ ދާއިރާއެކެވެ. ރޭ ވީޓީވީ އިން ގެނެސްދިން "އައްފު އެންޑް ޖައްބު ޝޯ"ގައި ޝިފާ ވަނީ އޭނާއަށް ފާޑު ކިޔާ މީހުންނަށް ރައްދެއް ދީފައެވެ.

"އެންމެން ހިތްހަމައެއް ނުޖެއްސޭނެ، އެއްބަޔަކު ލައިކްވާނެ، އަނެއް ބަޔަކު ލައިކް ނުވާނެ، ސޯ ތިމާ މީހާ ހިތްއެދޭ ކަމެއް، އުފާވާ ކަމެއް ކުރާށޭ، ހަމަ ނޭނގެއެއް ނޫންހޭ ކިހާ ކުރިއަކަށް ކަމެއް ކޮށްލާ ކުޑަކުޑަ ކަމަކުން އަރާނީ" ޝިފާ ބުނީ މިހެންނެެވެ.

މީގެ އިތުރުން އިންޑިއާގެ ބައެއް ޓިކްޓޮކް ކުޅުންތެރިން މިހާރު މިލިއަނަރުންނަށް ވެއްޖެ ކަމަށާއި އެކަމަކު ރާއްޖޭގައި ޓިކްޓޮކް ކުޅެގެން އެހެން ނުވާ ކަމަށް މީހުން ބުނެ އުޅޭ ކަމަށް އެ ޝޯގައި ސުވާލު ކުރުމުން ޝިފާ ވަނީ އެކަމަށް ވެސް ރައްދު ދީފައެވެ.

"ޝިފާއަށް ދައްކަބަ ތި މިލިއަނަރަކަށް ވީ މީހުން، ޝިފާއަކަށް ނުފެނޭ އަސްލު ވެސް" ޝިފާ ބުނީ މިހެންނެވެ.

ޝިފާ ވަނީ ޓިކްޓޮކް ކުޅޭ ޒުވާނުންނަށް ހިތްވަރު ދީފައެވެ. އެގޮތުން ޓިކްޓޮކް ކުޅެގެން ފަހުން ފިލްމަކުން ޖާގަ ވެސް ލިބިދާނެ ކަމަށް އޭނާ ބުންޏެވެ.

Ads by Allied Insurance
  1. ހުސޭނު

    https://dhen.mv/79654

    ޝިފާ އަދި އެހެންބޭފުޅުންވެސް މި ލިންކްގައިވާ މައުލޫމާތު ވިދާޅުވެ ދެއްވުން އެދެވެ.

    • އައިންތު

      ސިފާވެސްއެހެންކުދިންވެސްއަވަހައްޓިކްޓޮކްކުޅުންހުންޑާލާ