ފަސްޓް ލޭޑީ ފަޒްނާ ކޮވިޑް-19 އަށް ފައްސި ވެއްޖެ
![](https://dhen.mv/wp-content/uploads/2020/12/Raees-Soih-with-Fazna-850x548.jpg)
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޮވިޑް-19 އަށް ފައްސިވެ ވަޑައިގެންފިއެވެ. މިކަން ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، މެޑަމް ފަޒްނާ ކޮވިޑް-19 އަށް ފައްސިވުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ދެ ދަރިކަލުން ކޮވިޑް-19 އަށް ޓެސްޓް ކުރެވިފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހާއި، ސަރާ އަދި ޔަމާންގެ ވެސް ނަތީޖާ ވެސް ނައްސި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މިވަގުތު ފަސްޓްލޭޑީ ހުންނެވީ ކަރަންޓީންވެ ވަޑައިގެން ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.