"ޓީމް ރިޝް" ގެ ފަރާތުން ދާއިރާގެ އާއިލާތަކަށް ރޯދަ ހަދިޔާ ބަހަން ފަށައިފި

ވިމެން އެންޓަޕްރެނެއަރ އެސޯސިއޭޝަން މޯލްޑިވްސްގެ ވައިސް ޗެއާޕަރސަންގެ މަގާމުގައި ހުންނެވި އައިމިނަތު ރިޝްފާ އަޙްމަދު (ރިޝް)ގެ އިސްނެންގެވުމުގެ ދަށުން މިއަދު މާލެ ސިޓީ ހެންވޭރު ދެކުނުގެ ދާއިރާގެ ބައެއް ގެ ތަކަށް ރޯދަ ހަދިޔާ ބަހައިފިއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ރިޝް ވިދާޅުވީ، ދާއިރާގެ ނިކަމެތިންނަށް އެހީތެރިވުމުގެ ގޮތުން މި ފަދައިން އެހީތެރިވުމަށް އޭނާއާއި އޭނާގެ ޓީމުން ވިސްނައި މަސައްކަތް ކުރައްވަމުން ގެންދަވާތާ އަހަރެއް ވެއްޖެ ކަމަށެވެ.
"މިއީ އެއްވެސް ވަރަކަށް ސިޔާސީ ވިސްނުމެއްގައި ކުރަން ފެށި ކަމެއް ނޫން. އަޅުގަނޑަކީ އެންޖީއޯއެއް ވެސް ހިންގާ މީހަކަށްވާތީ މިފަދައިން އެހީތެރިވާން ހުރީ ބޭނުންވެފައި. އެގޮތުން މިދިޔަ އަހަރު މި ޕެންޑެމިކާ ގުޅިގެން ބޮޑަށް އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވީ. އެހެންކަމުން އަޅުގަނޑުގެ ޓީމުގެ ފަރާތުން މި މަސައްކަތުގައި އުޅޭތާ މިހާރު އަހަރެއް ވެއްޖެ" ރިޝް ވިދާޅުވިއެވެ.
<img class="alignnone wp-image-80152 size-full" src="https://cdn.dhen.mv/wp-content/uploads/2021/04/FB_IMG_1618598969363.jpg" alt="" width="960" height="720" />
ރިޝް ވިދާޅުވީ، ނިކަމެތި އާއިލާތައް ބޮޑަށް އެނގެންފެށީ މި ދާއިރާގެ އަންހެން ކައުންސިލަރު ކަމަށް މި ފަހަރު ކުރިމަތިލައްވައިގެން ޑޯޓުޑޯއަށް ހިންގެވި އިރު ކަމަށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ޓީމް ރިޝްގެ ފަރާތުން ބަހާފައިވަނީ ކާޑުގެ ބާވަތްތަކާއި، ވަޅޯމަހާއި މިފަދަ ޒަރޫރީ ތަކެއްޗެވެ. މިއަދު 30 ގެއަށް ހަދިޔާ ބަހައިފައިވާއިރު އަންނަ ހަފްތާ ބަންދުގައި 50 ގެއަށް ހަދިޔާ ބަހަން ނިންމައިފައިވާނެ ކަމަށް ވެސް ރިޝް ވިދާޅުވިއެވެ.
<img class="alignnone wp-image-80153 size-full" src="https://cdn.dhen.mv/wp-content/uploads/2021/04/20210416_235110.jpg" alt="" width="1253" height="871" />
ރޯދަ ހަދިޔާގެ ގޮތުގައި މި ތަކެތި ބަހަން ޑޮނޭޓު ކުރީ ވެސް އެ ޓީމުގެ މެމްބަރުންގެ ފަރާތުން ކަމަށާއި، މި ޕްރޮގްރާމު ހިންގުމުގައި އެ ޓީމުގެ މެމްބަރުންގެ އިތުރުން ބައިވެރިވީ ބައެއް ބޭފުޅުންނާއެކު 30 ވަރަކަށް މީހުން ހިމެނޭ ކަމަށް ވެސް ރިޝް ވިދާޅުވިއެވެ.







ކޮމެންޓް