Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އުތުރު ތިލަފަޅާ ގުޅިގެން ފަޔާޒު ދެއްކި ވާހަކަތަކަށް އެމްއެންޑީއެފުން ރައްދު ދީފި!

އުތުރު ތިލަފަޅާ ގުޅިގެން ފަޔާޒު ދެއްކި ވާހަކަތަކަށް އެމްއެންޑީއެފުން ރައްދު ދީފި!

އުތުރުތިލަފަޅާ ގުޅޭގޮތުން ކުރީގެ ލެފްޓިނެންޓް އަހްމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެއްކި ވާހަކަތައް ދޮގުކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވަރުގަދަ ރައްދެއް ދީފިއެވެ.

އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ބައިވެރިވެ، ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ފަޔާޒު ވިދާޅުވި ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއް ކަމަށާއި އެތަނަށް އަރައި ފޭބުމަށް ބޭނުން ވާނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މީގެ އިތުރުން، ހދ.ހަނިމާދޫ އެއާރޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށް ވެސް  ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ ކަމުގައި އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

އެ ބަޔާނުގައި ވަނީ އަހްމަދު ފަޔާޒް އަލީ ރިޒާ އަކީ ތަފާތު ގިނަ އަޚްލާގީ މައްސަލަތަކެއް ޖެހި ސުލޫކީ މައްސަލަތަކެއްގައި 2015 ވަަނަ އަހަރުގެ ޑިސެމްބަރު 17ގައި ސިފައިންގެ ކާނަލެއްގެ މަގާމުން ކެޕްޓަނެއްގެ މަގާމަށް ޑީމޯޓް ކޮށްފައިވާ ފަރާތެއް ކަމަށާއި އަދި އޭގެ ފަހުން ކެޕްޓަނެއްގެ މަގާމުން ލެފްޓިނެންޓެއްގެ މަގާމަށް ޑިމޯޓް ކޮށް "ޑިސްއޮނަރަބަލް ޑިސްޗާޖް"އެއްގައި ވަޒީފާއިން ވަކި ކޮށްފައިވާ ފަރާތެއް ކަމަށް ވެސް ފާހަގަ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް