ދުނިޔެ

ޕްރިންސް ފިލިޕްގެ ޖަނާޒާ: ޝޭޕަލްއަށް ވަދެވުނީ 30 މީހުންނަށް، 730 ސިފައިން ހަރަކާތްތެރިވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަހާރަވިތާ 8 ދުވަސް ފަހުން، އިނގިރޭސި ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް، ޝާހީ އިއްޒަތުގައި މިއަދު ފަސްދާނު ލައްވައިފިއެވެ.

Ads by Sosun Fihaara

ޕްރިންސް ފިލިޕްގެ ޖަނާޒާ ބާއްވައި، އެމަނިކުފާނު ފަސްދާނު ލެއްވީ ވިންޑްސޯ ކާސްލްގެ ސޭންޓް ޖޯޖްސް ޝޭޕަލްގައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޕްރިންސް ފިލްޕްގެ ޖަނާޒާ ބޭއްވީ ކޮވިޑް-19ގެ ގައިޑްލައިންތަކާ އެއްގޮތަށް، ގައިދުރުކަން ބެހެއްޓުމާއެކު، ޖަނާޒާގައި ހަރަކާތްތެރިވި އެންމެން މާސްކު ވެސް އަޅައިގެންނެވެ. އަދި ރާނީ އެލިޒެބެތު އިންނެވީ ވަކިން ގިނިކަންޏާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ފަސްދާނުލައްވަން ޕްރިންސް ފިލިޕްގެ ސަންދޯއް ގެންދިޔައިރު، ފަހަތުން އެ މަނިކުފާނާއި ރާނީ އެލިޒަބެތަށް ލިބިވަޑައިގެންނެވި ދަރިން ވެސް ދިޔައެވެ. އަދި އެ ވަގުތުކޮޅު އެ ޤައުމުގައި އެއް މިނެޓުގެ ސުކޫތުގެ ވަގުތު ކޮޅެއް ވެސް ބޭއްވިއެވެ.

ޕްރިންސް ފިލްޕްގެ ޖަނާޒާގައި ޝޭޕެލް އެތެރެއަށް ވެދެވަޑައިގެންނެވުނީ އެންމެ 30 މީހުންނަށެވެ. ނަމަވެސް އެ ޖަނާޒާގެ ކަންކަން ބެލެހެއްޓުމަށް 730 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރިވިއެވެ.

ޕްރިންސް ފިލިޕް އަވަހާރަވީ މި މަހުގެ 9 ވަނަ ދުވަހު ވިންޑްސޯ ކާސްލްގައެވެ. އަވަހާރަވީއިރު، އުމުރުފުޅަކީ 99 އަހަރެވެ.

މި ޖަނާޒާގައި ގިނަ މީހުންގެ ލޯތައް އެންމެ ބޮޑަށް އަމާޒުވީ ރާނީގެ އިތުރުން، ޕްރިންސް ހެރީ އަށާއި ޕްރިންސް ވިލިއަމް އަށެވެ.

އިނގެރޭސިވިލާތް ދޫކުރެއްވުމަށް ފަހު އެމެމެރިކާގައި ދިރިއުޅުން ފެއްޓެވި ޕްރިންސް ހެރީ ވަނީ އޭނާގެ ކާފަގެ ޖަނާޒާގައި ބައިވެރިވުމަށް އެނބުރި ޤައުމަށް ވަޑައިގަންނަވައިފައެވެ.

ޖަނާޒާގައި ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ ދެ ތަނެއްގައި ތިބި ކަމުގައި ވިޔަސް، ޖަނާޒާ ނިމުމަށްފަހު ދެބެން އެކަކު އަނެކަކާ ވާހަކަ ދައްކަވަނިކޮށް ފެނިފައިވެއެވެ.

Ads by Ooredoo
  1. ކޮބާ ދޮންބެ ނުދޭތަ؟؟