Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އުނގޫފާރު އިސްލާމިކް ސެންޓަރު މިއަހަރު ހުޅުވަނީ

އުނގޫފާރު އިސްލާމިކް ސެންޓަރު މިއަހަރު ހުޅުވަނީ

ރ.އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމިކް ސެންޓަރު ރަސްމީކޮށް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ނިންމާފައި ވާކަމަށެވެ.

ރ.އުނގޫފާރުގައި ބިނާ ކޮށްފައިވާ އިސްލާމިކް ސެންޓަރުގައި ނަމާދު ކުރާ ހޯލުގެ އިތުރުން، ޤުރްއާނުގެ ޢިލްމު ފެތުރުމަށް ކްލާސް ރޫމާއި، ދެ ޖިންސަށް ވަކިން ޚާއްޞަކޮށް ވުޟޫ ކުރުމާއި ފާހާނާ ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

Advertisement
Allied — Dhen Online (box)

ރ.އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމިކް ސެންޓަރުގެ ބިނާ ކުރުމަށް ހަތާވީސް މިލިއަން ފަސްލައްކަ ފަސްހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރު އިސްލާމިކް ސެންޓަރުގެ ހުރިހާ މަސައްކަތްތައް ނިންމައި ސެންޓަރ ރަސްމީކޮށް ހުޅުވޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސެންޓަރަކީ އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ޤާއިމްކުރެވޭ މިސްކިތެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް