ދުނިޔެ

ފިހާރައިން ނިކުމެ ކާރަށް އެރިއިރު، ފަހަތު ސީޓުގައި 15،000 އަށް ވުރެ ގިނަ ކުޅަނދުރު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއީ މެކްސިކޯގައި ދިރިއުޅޭ ފިރިހެނަކަށް ދިމާވި ވަރަށް އާދަޔާ ޚިލާފު ކަމެއްގެ ވާހަކައެވެ. އެއްދުވަހަކު އޭނާ ވިޔަފާރި ކުރުމަށް މެކްސިކޯގެ "ޝޮޕިންގް މޯލް" އަކަށް ވަދެ އެތައް ސާމާނެއް ގަނެ އަނބުރާ ކާރަށް އެރި އިރު 15،000 އަށް ވުރެ ގިނަ ކުޅަނދުރު އެކާރު ތެރޭގައި ތިއްބެވެ.

Ads by Sosun Fihaara

ހަމަގައިމު ވެސް 15،000 ކުޅަނދުރުގެ ވާހަކަ ބުނުމުން ގައިން ހީބިިހި ނަގައިގެން ދާނެއެވެ. ކަން ހިނގާ ދިޔަ ގޮތް އެ ގައުމުގެ މީޑިއާތަކުން އޭނާ ވަނީ ކިޔައިދީފައެވެ. އެންމެ ފުރަތަމަ އެ ހުރިހާ ސާމާނެއް ގަނެގެން ކާރަށް އެރި އިރު ކާރުގައި އެހާ ގިނަ ކުޅަނދުރު ތިބި މަންޒަރެއް އޭނާއަކަށް ނުފެނެއެވެ. އަދި ގާތްގަނޑަކަށް 10 މިނެޓު ވަންދެން ދުއްވި ދުއްވުމުގައި އޭނާއަށް އޭނާގެ ފަހަތުން ވަރަށް ބައިވަރު އެއްޗެހިތަކެއް ދުވާހެން ހީވާތީ ފަހަތަށް އެނބުރުނީއެވެ.

މަންޒަރު ފެނުމާއެކު އޭނާއަށް ވެސް ހަޅޭއްލަވައި ގަނެވުނު ކަމަށާއި އެހާ ބާރު ދުވެއްޔެއްގައި ދުއްވަމުން ދިޔަ ކާރު ވެސް ކުއްލިއަކަށް ހުއްޓާލަން ޖެހުނީ ކަމަށް އޭނާއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން ކާރު މަޑު ކުރުމަށް ފަހުގައި ފަހަތު ސީޓުގެ ލޯގަނޑު މަޑުމަޑުން ތިރިކޮށްލިއެވެ. އަދި ވަގުތުން ފުލުހުންނަށް ގުޅިއެވެ.

ބެލެވޭ ގޮތުގައި އެ ކުޅަނދުރުތަކުގެ ރާނީ ފަހަތުން އެސޮރުމެން އުދުހިފައި އައިސް އެ ކާރުތެރޭގައި މަޑު ކުރީއެވެ. އެހެން ނަމަވެސް މާބޮޑު އުނދަގުލަކާ ނުލާ އެ އެ ހުރިހާ ކުޅަނދުރުތަކެއް ވެސް ވަނީ އެ ކާރު ތެރެއިން ނެރެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!