Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގިނަ ބަޔަކު އެއްވެގެން ރޯދަ ވީއްލުންތައް ބޭއްވުން އަދިވެސް ރަނގަޅެއް ނޫން: ޑރ. ނަަޒްލާ

ގިނަ ބަޔަކު އެއްވެގެން ރޯދަ ވީއްލުންތައް ބޭއްވުން އަދިވެސް ރަނގަޅެއް ނޫން: ޑރ. ނަަޒްލާ

މިއީ ގިނަ ބަޔަކު އެއްވެގެން ބާއްވާ ރޯދަ ވިއްލުންތަކާއި ތަރާވީސްތައް ބާއްވަން އަދިވެސް އެންމެ ރަނގަޅު ހާލަތު ނޫން ކަމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ މުހިންމުކަން ހަނދާން ކޮށްދެއްވަމުން ނަޒްލާ ވިދާޅުވީ ގިނަމީހުން އެއްވެގެން ރޯދަ ވީއްލުމާއި ތަރާވީސް ފަދަ ކަންކަން ބޭއްވުން އަދިވެސް ރަނގަޅު ނޫން ކަމަށެވެ.

އަދި މާރުކޭޓްތަކާއި ފިހާރަތަކަށް ވެސް އެއްފަހަރާ ވަދެވޭ އަދަދަށް ވުރެ ގިނައިން މީހުން ނުވަނުމަށް އިލްތިމާސް ކުރައްވައި ނަޒްލާ ވިދާޅުވީ ފިހާރަތަކަށް ވަނުމަށް ފަހު އެއްޗެހީގައި އަތް ލުމުގެ ކުރިންނާއި، ފިހާރައިން ނުކުތުމަށް ފަހު ވެސް އަތް ސާފުކުރަން ހަނދާން ކުރަން ވާނެ ކަަމަށެވެ.

Advertisement
Allied — Dhen Online (box)

މާލޭގެ ކޭސްތައް ވޭތުވެދިޔަ ހަތަރު ހަފްތާގައި މަދުވަމުން އައި ކަން ފާހަގަ ކުރައްވައި ނަޒްލާ ވިދާޅުވީ ހަތަރު ހަފްތާގައި، އެއް ހަފްތާއަށް ވުރެ އަނެއް ހަފްތާ ކޭސްތައް މަދު ކަމަށެވެ. އަދި އިތުރަށް ވެކްސިން ޖެހެމުންދާ ވަރަކަށް ކޭސްތައް މަދުވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ފުރަތަމަ ޑޯޒްއާއެކު ވެސް ވެކްސިންގެ ހެޔޮ ބަދަލު ފެންނަމުން ދާ ކަމަށާއި، ޚާއްޞަކޮށް ފުރަތަމަ ޑޯޒަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންގެ އަދަދު ނިސްބަތުން ދަށް ވެފައިވާކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް