Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބާތިލްކަމަށް ނިންމި ވޯޓެއް އަލުން ޞައްޙަ ކަމަށް ނިންމައި މާބައިދޫ ރައީސްކަން އެމްޑީޕީއަށް!

ބާތިލްކަމަށް ނިންމި ވޯޓެއް އަލުން ޞައްޙަ ކަމަށް ނިންމައި މާބައިދޫ ރައީސްކަން އެމްޑީޕީއަށް!

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ލ.މާބައިދޫ ކައުންސިލްގެ ރައީސްކަމަށް މަގާމަށް މީހަކު ހޮވުމަށް ލީ ވޯޓްގައި މައްސަލަތަކެއް އުޅޭ ކަމަށް ނިންމައި ، އެ ދާއިރާގެ ވޯޓްގެ ނަތީޖާއަކާއި ތިން ފޮއްޓެއްގެ ބާތިލް ވޯޓް ޗެކް ކުރުމުން މާބައިދޫ ރައީސްގެ މަގާމު އެމްޑީޕީއަށް ލިބިއްޖެއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޕީޕީއެމްގެ ކެނޑިޑޭޓް ޙަސަން ޢާދިލަށް ކުރި ލިބިފައި ވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އޭނާއަށް ލިބިފައި ވަނީ 279 ވޯޓެވެ.

އީސީން ރޭ ޗެކް ކޮށްފައި ވަނީ މާބައިދޫގައި ބެހެއްޓި ފޯޓް ފޮއްޓާއި ، މާލޭގައި އެ ދާއިރާގެ ރައްޔިތުންނަށް ބެހެއްޓި ވޯޓް ފޮއްޓާއި ލަންކާގައި ބެހެއްޓި ވޯޓް ފޮއްޓެއްގެ ބާތިލް ވޯޓެވެ.

Advertisement
HDC — Sidebar (box)

މާބައިދޫ ފޮށީގައި ބާތިލް 10 ވޯޓް އޮތް ނަމަވެސް ، ފާހަގަ ޖަހާ ގޮޅިއާ ދިމާ ވީދައި ނަގައިފައި ވުމުގެ ސަބަބުން ބާތިލް ކޮށްފައިވާ ވޯޓް ކަރުދާސްކޮޅެއް ވަނީ ޞައްޙަ ކޮށްފައެވެ.

[caption id="attachment_81843" align="alignnone" width="377"]<img class="wp-image-81843" src="https://cdn.dhen.mv/wp-content/uploads/2021/04/A30460BC-6C96-4778-88B8-24D5AEDC1291-281x300.jpeg" alt="" width="377" height="402" /> ވީދާލައިފައިވާ ކަރުދާސް( ކެނޑިޑޭޓް ނަމްބަރު 17 އާ ދިމާލުން) މި ވޯޓް ވަނީ ފަހުން ސައްޙަ ކޮށްފައި[/caption]

އޭގެ އިތުރުން ލަންކާ ވޯޓް ފޮއްޓަކަށް ދެ މީހަކު ވޯޓްލީ ކަމަށް ހިސާބުތަކުން ދެއްކި ނަމަވެސް އެއް ވޯޓްގެ ހިސާބު ބާތިލް ވޯޓަށް ، އަދި ޞައްޙަ ވޯޓަށް ވެސް ނުވަދެ ، އެ ވޯޓް "ގެއްލުމުން" ، އެ ފޮށި ވެސް ވަނީ ބަލައި ޗެކް ކޮށްފައެވެ. އަދި އޭގެ ތެރެއިން ކުރީން ފާހަގަ ޖަހައިފައިވާ ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަރުދާސްކޮޅެއްގައި ފާހަގަ ޖަހައިފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މާބައިދޫ ފޮށިން ޞައްޙަ ކުރި ވޯޓާއި ލަންކާ ފޮށީން ފެނުނު ވޯޓް ވެސް ލިބުނީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ވިޝާމްއަށެވެ. އެހެންކަމުން މިހާރު ވިޝާމް ވަނީ އެއް ވޯޓްގެ ތަފާތުން ކުރި ހޯދައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް