Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

53 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ސަބްމެރިންއެއް ގެއްލިއްޖެ

53 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ސަބްމެރިންއެއް ގެއްލިއްޖެ

53 ފަޅުވެރިންނާ އެކު ދަތުރު ކުރަމުން ދިޔަ އިންޑޮނޭޝިއާގެ ސަބްމެރިންއެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެ ސަބްމެރީން ގެއްލުނީ ބާލީގެ އުތުރުން އަސްކަރީ ތަމްރީނެއް ކުރިއަށް ގެންދަނިކޮށެވެ. "ކޭއާރްއައި ނަންގަލަ-402" ސަބްމެރީން ހޯދަން އަސްކަރީ މަނަވަރުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ސަބްމެރިން ހޯދަން ކުރާ މަސައްކަތުގައި ހަ މަނަވަރަކާއި ހެލިކޮޕްޓަރެއް ހަރަކާތްތެރި ވެއެވެ. އެ އޮޕަރޭޝަނުގައި 400 މީހުން  ބައިވެރިވެއެވެ. ސިންގަޕޫރާއި މެލޭޝިއާއިން ބޯޓުތައް ފޮނުވާފައިވާ އިރު އެމެރިކާ، އޮސްޓްރޭލިއާ، ފްރާންސް އަދި ޖަރުމަނުން ވަނީ އެހީވާން ހުށަހަޅައިފައެވެ. ގެއްލުނު ސަބްމެރީންނަކީ ޖަރުމަނުގެ އުފެއްދުމެކެވެ. އެ ސަބްމެރިން ގެއްލިފައިވަނީ ބާލީގެ އައްސޭރިފަށާ 100 ވަރަކަށް ކިލޯމީޓަރު ދުރުން ވަރަށް ފުން ހިސާބަކަށެވެ. 1970ގެ ފަހު އަހަރުތަކުގައި އުފެއްދި އެ ސަބްމެރިންގެ އިތުރުން ދެ ސަބްމެރިން އެއީ އިންޑޮނީޝިއާއިން އޮޕަރޭޓްކުރެއެވެ. މިއީ އިންޑޮނީޝިއާއިން ސަބްމެރިނެއް ގެއްލުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ސަބްމެރިން ގެއްލުމުގެ ހާދިސާތައް ހިނގާފައިވެއެވެ.  އެގޮތުން 2017 ވަނަ އަހަރު 44 މީހުންނާ އެކު ގެއްލުނު އާޖެންޓީނާގެ ސަބްމެރިންނެއް ފެނުނީ އޭގެ އެއް އަހަރު ފަހުން ގޮވާފައި އޮއްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް