Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާންދޫން ނެގި 8 ސާންޕަލް ވެސް ފައްސި ވެއްޖެ

ހޮރައިޒޮން ފިޝަރީސް ކޮންޕްލެކްސް ހިންގަމުން އަންނަ ލ.މާންދޫއިން 8 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފަައްސިވެފައިވާ އެންމެންނަކީ ވެސް ބިދޭސީން ފިރިހެނުންނެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުންގެ މެނޭޖަރު އަލީ ނަޝީދު "ދެން" އަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ ކޮވިޑް19 ގެ އަލާމާތްތައް ކަމަށް ޝައްކު ކުރެވިގެން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 8 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރެވެމުން އަންނަ ކަަމަށް ވެސް އޭނާ ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ލ.މާންދޫއަކީ ހޮރައިޒޮން ފިޝަރީސްގެ ކާރުހާނެއް ހިންގަމުން އަންނަ ރަށެކެވެ. މިރަށާ އިންވެގެން އޮންނަ ލ.ގަމާއި އެއް ފަސްކޮށް އޮންނަ ފޮނަދޫގެ ގިނަ ބަޔަކު މާންދޫގައި މަސައްކަތް ކުރަމުން ދެއެވެ.

ކޮވިޑް-19ގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރު، މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 27،084 މީހުން ފައްސި ވެފައިވެއެވެ. އަދި ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 24،065 މީހުންނެވެ. މިހައިތަނަށް މިބަލީގައި ރާއްޖެއިން 71 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް