Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް އުސްފަސްގަނޑުގައި މުޒާހަރާ ކުރަނީ

ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް އުސްފަސްގަނޑުގައި މުޒާހަރާ ކުރަނީ

ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް އުސްފަސްގަނޑު ސަރަހައްދުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާއަކީ ޒުވާނުންތަކެއް އިސް ނަގައިގެން ކުރިއަަށް ގެންދާ މުޒާހަރާއެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މުޒާހަރާގައި ބައިވެރިވެފައި ވަނީ ގިނައިން ޒުވާނުންނެވެ.

މި މުޒާހަރާ އުސްފަސްގަނޑުގައި ހިނގަމުންދާއިރު، އުސްފަސްގަނޑުން ބޭރަށް މަގަށް ނުނިކުމެވޭ ގޮތަށް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާފައެވެ.

Advertisement
Allied — Dhen Online (box)

މި މުޒާހަރާގައި ގޮވާލަނީ މަގުތަކަކީ އަންހެނުންނަށް އަމާން ރައްކާތެރި ތަނަކަށް ހަދައިދިނުމަށާއި ރޭޕާއި ޖިންސީ ގޯނާގެ ކުށްތަކަށް އަރައިގަންނަ މީހުންނަށް ހައްގު އަދަބު ދިނުމަށެވެ. މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅާ ކަމަށް ވެސް އެމީހުން ބުނަމުން ދެއެވެ.

މުޒާހަރާގެ ބައިވެރިން ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެންނެވެ.

<img class="alignnone wp-image-82519 size-large" src="https://cdn.dhen.mv/wp-content/uploads/2021/04/2D6AA328-6468-49BA-A731-AF9103C16AD9-1024x768.jpeg" alt="" width="690" height="518" />

މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. އަދި އެ މައްސަލައާ ގުޅޭ ވީޑިއޯއެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

އަދި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް މިދިޔަ ހަފްތާގައި ވަނީ ފެންމަތި ވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް