ޚަބަރު

2821 ދަރިވަރުން ބައިވެރިވާ އޭ ލެވެލް އިމްތިހާން ފަށައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލް

އިންޓަރނޭޝަނަލް އެޑްވާސްޑް ލެވެލް ، އެޑެކްސެކް އޭ ލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.

Ads by Sosun Fihaara

މި އިމްތިހާނުގައި މާލެ އާއި އަތޮޅު ތެރެއިން ޖުމްލަ 2821 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރޭގެ ސްކޫލުތަކުން 931 ދަރިވަރުންނާއި މާލޭގެ ސުކޫލުތަކުން 1890 ދަރިވަރުންނެވެ، އޭ ލެވެލް އިމްތިހާން މިފަހަރު އޮންނަނީ ރާއްޖޭގެ 4 މަރުކަޒެއްގައެވެ. އެއީ މާލޭގެ 6 ސެންޓަރަކާއި އަތޮޅުތެރޭގެ 38 ސެންޓަރެކެވެ.

މިފަހަރު އޭ ލެވެލް އިމްތިހާންގައި ފުރަތަމަ ހަދަނީ ހިސާބު ޓެސްޓެވެ.

އޭލެވެލްގެ އެންމެ ފަހު ޓެސްޓް އޮތީ އަންނަ މަހު 14 ގައެވެ. އެއަށް ފަހު ޖޫން 13 އަދި 17 ގައި ދިވެހި އިސްލާމް ޓެސްޓް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭ ލެވެމް އިމްތިހާނު ބާއްވަން އެންމެ ފުރަތަމަ ތާވަލް ކުރީ މެއި، ޖޫން އަށެވެ. ނަމަވެސް އެޑެކްސެލް އިން އެ ޓެސްޓު ބާއްވާ ތާރީހު މި މަހަށް ކުއްލިއަކަށް އަވަސް ކުރިއެވެ. އެއާއެކު ގިނަ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދިއުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި ވެސް އޭ ލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު ދީފައެވެ. މިއާއެކު ބައެއް ސުކޫލުތަކުން އޮކްޓޯބަރު/ނޮވެމްބަރު އިމްތިހާން ހެދުމަށް ވަނީ ބާރު އަޅާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!