ޚަބަރު

ދަނގެތީ މިސްކިތެއްގައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނަގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އދ. ދަނގެތީގެ މިސްކިތެއްގައި ހުރި ފަންޑު ފޮއްޓެއް ރޭ ވަގަށް ނަގައިފިއެވެ.

Ads by STELCO

ދަނގެތި ކައުންސިލު މެމްބަރު މުހައްމަދު ރަމްޒީ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފަންޑު ފޮށި ވަގަށް ނަގައިފައި ވަނީ ރޭ ތަރާވީސް ނަމާދު ގަޑީގައި ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

"ޢިޝާ ނަމާދުގެ ކުރިން ވެސް އިން ފަންޑު ފޮށި، ޢިޝާ ނަމާދުކޮށް ނިމިގެން ތަރާވީސް ނަމާދުކޮށް ނިމިގެން ނުކުތް އިރު އެނގުނީ ނެތްކަން." ރަމްޒީ ވިދާޅުވިއެވެ.

ރަމްޒީ ވިދާޅުވީ ފަންޑު ފޮށި ނެތްކަން އެނގުމުން ރައްޔިތުން ނުކުމެ އެ ފޮށި ހޯދުމުގެ މަސައްކަތް ކުރި ކަމަށާއި، ފޮށި ފަޅާލައިފައި އެއްލާލައިފައި އޮއްވާ ފެނުނީ އެ މިސްކިތާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ކެޔޮ ވަޅުގަނޑަކަށް އެއްލާލައިފައި އޮއްވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ ދަނގެތި މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ރޭ 9:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ފަންޑު ފޮށި ފަޅާލުމަށްފަހު އެރަށު ގޯއްޗެއްގެ ތެރެއަށް އެއްލާލައިފައި އޮއްވާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!