ޚަބަރު

މާންދޫ ކްލަސްޓާ: ޖުމްލަ 148 މީހުން ފައްސިވެ ފޮނަދުއަށް ވެސް ބިރުވެރިކަން!

އައިޝަތު ރަފާ ، ދެން އޮންލައިން

މާންދޫ ކްލަސްޓާއާ ގުޅިގެން ފައްސިވީ މީހުންގެ އަދަދު 148އަށް އަރައިފިއެވެ.

Ads by STELCO

"ދެން" އަށް މަޢުލޫމާތު ދެއްވަމުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ މޭނޭޖަރ އަލީ ނަޝިދު ވިދާޅުވީ މި ކްލާސްޓާއާ ގުޅިގެން މިހައިތަނަށް 794 މީހެއްގެ ސާމްޕަލް ނަގައިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 381 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު މިހާތަނަށް ޖުމްލަ 148 މީހަކު ފައްސިވެފައިވާ ކަމަށެވެ.

މާންދޫ ކްލަސްޓާއާ ގުޅިގެން މިއަދު އެކަނި ވެސް ޖުމްލަ 93 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިއަދު ލިބުނު ނަތީޖާތަކުގެ ތެރެއިން 131 މީހަކު ވަނީ ނައްސިވެފައެވެ.

މާންދޫ ކްލަސްޓާއާ ގުޅިގެން މިހައި ތަނަށް މާންދޫއިން ޖުމްލަ 131 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މާންދުއާ ޖެހިގެން އޮންނަ ގަމުން މިހައިތަނަށް ޖުމްލަ 15 މީހަކު ފައްސިވެފައިވާ އިރު، މިރޭ ފޮނަދޫއިން ވެސް 2 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މާންދޫން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެއާ އެކު މާންދޫ ވަނީ މޮނިޓަރިންގއަށް ލައިފައެވެ. އޭގެ ފަހުން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ގަމުން މި ކްލަސްޓަރއާ ގުޅުން ހުރި ކޭސްއެއް ފެނި، ގަމާއި ފޮނަދޫ ވެސް ވަނީ މޮނިޓަރިންގއަށް ލާފައެވެ. އޭގެ ފަހުން ރޭ ފޮނަދޫއިން ވެސް މި ކްލަސްޓާއާ ގުޅުން ހުރި ދެމީހަކު ވަނީ ފައްސިވެފައެވެ.

ގަމަކީ ރާއްޖޭގެ އެކި ހިސާބުތަކުން ޑޮކްޓަރަށް ދައްކަން ގިނަ އަދަދެއްގެ މީހުން އަންނަ ރަށަކަށް ވުމާއެކު ރަށް މޮނިޓަރިންނަށް ލުމުން ގިނަ ބަޔަކު ރަށު ބަންދުވެފައި އެބަ ތިއްބެވެ.

Ads by Allied Insurance
  1. ގަމު މީހާ

    މާންދޫ އަން ދަނީ އަދިވެސް ދޯނި ތަކުން މަސް ގަންނަމުން.. މިހާލަތުގަ މާންދޫ ހޮރައިޒަން ފިސަރީސް އެއްކޮށް ބަންދު ކުރުން ރަނގަޅީ.. މިކަން މިހެން ހުރުމުން ެމާންދޫގެ އެއްވެސް ބާވަތެއްގެ އުފެއްދުމެއް ބޭނުން ކުރުން ރަނގަޅުވާނެހެން ހިޔެއް ނުވޭ.. ދެން އިން މިކަމުގެ ވާނުވާ ބަލާލަބަލަ