ޚަބަރު

މެންބަރުން ތިކުރަނީ ހުވަޔާއި އިސްލާމް ދީނާ ޚިލާފު ޢަމަލުތަކެއް: އިބްރާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަދަލުދިނުމުގެ މައްސަލައާ ގުޅިގެން މަންދު ކޮލެޖުން، ބަޔާނެއް ނެރެފިއެވެ.

Ads by STELCO

އެ ބަޔާނަކީ އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލްކޮށް، އަތުލި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރުމާ ގުޅިގެން ނެރުނު ބަޔާނެކެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކުންފުނީގެ އެއްވެސް ލިޔެކިޔުމެއް، ރެކޯޑެއް ނުވަތަ މަޝްވަރާއެއް ބެއްލެވުމެއް ނެތި އޮޑިޓަރ ޖެނެރަލް އެކުލަވާ ލެއްވި މި ރިޕޯޓަކީ އޭގައި އެއްވެސް ޞައްޙަކަމެއް، ބުރަދަނެއް ނެތް، ބައިނަލްއަޤްވާމީ އޮޑިޓްކުރުމުގެ މިންގަނޑުތަކާ ޚިލާފް، ތަޢައްޞުބު އެކުލެވޭ ބާޠިލް ރިޕޯޓެއް ކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި އޮޅުންތައް އަރާނޭގޮތަށް އޮޑިޓަރ ޖެނެރަލް ސިއްރިޔާތުގައި އެފަދަ ރިޕޯޓެއް ނެރުއްވުމަކީ ޒިންމާދާރުކަން ކުޑަ، އޮޑިޓަރ ޖެނެރަލްގެ މަޤާމާ އެކަށީގެން ނުވާ ޢަމަލެއް ކަމަށެވެ.

މީގެ އިތުރުން ޙަޤީޤަތް ބެއްލެވުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސޯޝަލް މީޑިއާގައި އެ ކުންފުންޏާއި އެ ކުންފުނީގެ މުއައްޒަފުން ބަދުނާމްވާ ގޮތަށް ދައްކަވާ ދޮގު ވާހަކަ ތަކަކީ، ރައްޔިތުންގެ ޙައްޤުތައް ރައްކައުތެރި ކުރެއްވުމަށް އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވަޔާ ޚިލާފް، އިސްލާމް ދީނާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ.

“ރަމަޟާން މަހު ރޯދައަށް ތިއްބަވައިގެން، ދައުލަތުގެ މުސާރަވެރިން، ޢާންމު ފަރުދުންގެ އަބުރު ނަގާލަން ވާހަކަ ދެއްކެވުމަކީ ކުންފުނިން ހިތާމަ ކުރާ ކަމެއް” އެ ބަޔާނުގައި ވެއެވެ.

މި މައްސަލައިގެ ހުރިހައި ތަފްސީލެއް، ވަރަށް އަވަހަށް ހާމަކުރާނެ ކަމަށާއި އެ ކުންފުނިން ނާޖާއިޒް އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!