ކިނބިދޫގައި ކަރަންޓީންގައި ހުރި ޒުވާނަކު ނިޔާވެއްޖެ
ތ.ކިނބިދޫގައި ކަރަންޓީންގައި ހުރި ޒުވާނަކު ނިޔާވެއްޖެއެވެ.
"ދެން" އަށް މަޢުލޫމާތު ދެއްވަމުުން ކިނބިދޫ ކައުންސިލްގެ ރައީސް ހަސަން މުހަންމަދު ވިދާޅުވީ ނިޔާވެފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށާއި ނިޔާވި މީހާ ރޭ ޑަކްޓަރަށް ދެއްކި ކަމަށެވެ. އަދި މި މީހާގެ ސާންޕަލެއް ކޮވިޑް19އަށް ރޭ ނެނގުނު ކަމަށާއި އަދި ނަތީޖާ ނުލިބޭ ކަމަށް ވެސް ހަސަން މުހައްމަދު ވިދާޅުވިއެވެ.
މި ޒުވާނާ ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މި މީހާ ކަރަންޓީން ކޮށްފައި ވަނީ ކޮވިޑް-19 ޖެހުނު މީހަކާ ކޮންޓެކްޓް ވެފައިވާތީއެވެ.
އެރަށުން "ދެން" އާ ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ނިޔާވި މީހާގެ ޒަނާޒާގެ ކަންކަން ކުރިޔަށް ގެންގޮސްފައި ވަނީ ކޮވިޑް-19 މަރެއްގެ ފުރުސަތު އޮތުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށެވެ.