އިސްދޫން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެ

ލ. އިސްދޫން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެއެވެ.
އިސްދޫ ހޮސްޕިޓަލްގެ މެނޭޖަރު އާސިމް “ދެން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ލ.މާންދޫން ފެނުނު މާންދޫ ކްލަސްޓާރ އަށް ނިސްބަތްވާ މީހެއްގެ ކޮންޓެކްޓެއް ކަމަށެވެ.
އިސްދޫން ކޮވިޑަށް ފައްސިވެފައި ވަނީ ފިރިހެނެއް ކަމަށާއި، އޭނާ ފައްސިވިއިރު ހުރީ ހޯމް ކަރަންޓީނުގައި ކަމަށް ވެސް އާސިމް ވިދާޅުވިއެވެ. އަދި މިހާރު ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން ދާ ކަމަށާއި، މިހާރު ގާތްގަނޑަކަށް 15 ގެއެއް ކަރަންޓީނު ކުރެވިފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އާސިމް ވިދާޅުވީ، ފައްސިވި މީހާ މިވަގުތު ހުރީ ކަރަންޓީނުގައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިކަމާ ގުޅިގެން ރަށަށް އަރައި ފޭބުން މަނާ ކޮށްފައި ނުވާ ކަމަށް ވެސް އާސިމް ފާހަގަ ކުރިއެވެ.