ޚަބަރު

ތިނަދޫން އިތުރު ބަޔަކު ފައްސިވެ، ޖުމްލަ އަދަދު 22 އަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގދ ތިނަދޫއިން އިތުރު 5 މީހުން ފައްސިވެ، އެކްޓިވް ކޭސްގެ އަދަދު 22 އަށް އަރައިފިއެވެ.

Ads by Hajj Corporation

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕީއާރު އޮފިސަރ ސާލިމް އަލީ ވިދާޅުވީ ފައްސިވެފައި ވަނީ ރެންޑަމް ސާމްޕަލިންގެ ގޮތުގައި ނެގުނު ތިން ސާމްޕަލެއްގެ އިތުރުން މާލެއިން ތިނަދުއަށް ދަތުރުކުރި ޖަޒީރާ ބޯޓުން މިއަދު ފައްސިވީ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވީ ދެމީހުން ކަމަށެވެ.

މީގެ އިތުރުން ސާލިމް ވިދާޅުވީ އިތުރު ރެންޑަމް ސާމްޕަލްތައް ވެސް ނެގިފައިވާ ކަމަށާއި ނަތީޖާތައް މިހާރު ލިބެމުން އެބަ ދާ ކަމަށެވެ.

މިމަހު 24ވަނަ ދުވަހު ތިނަދޫން ވަނީ ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައެވެ. އޭގެ ތެރެއިން މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ.

އެ ހޮސްޕިޓަލުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!