Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަބްދުالله ފަރީދުގެ މަދަހަ އަލްބަމް، “ފަހު ޒަމާން” ،މިހާރު އަޑުއަހައި ލެވޭނެ!

އަބްދުالله ފަރީދުގެ މަދަހަ އަލްބަމް، “ފަހު ޒަމާން” ،މިހާރު އަޑުއަހައި ލެވޭނެ!

“ފަހު ޒަމާން” ނަމުގައި އިބްރަތުން ފުރިފައިވާ އެތައް ވާހަކަތަކެއް ހިމެނޭހެން ސޯލޯ މަދަހަ އަލްބަމެއް އަބްދުالله ފަރީދު އަޑުއެހުންތެރިންނަށް ދޫކޮށްލައިފިއެވެ.

<img class="alignnone size-full wp-image-84544" src="https://cdn.dhen.mv/wp-content/uploads/2021/05/photo6082483168373485147.jpg" alt="" width="800" height="800" />

އެ މަދަހަ އަލްބަމްގައި ޖުމްލަ ފަސް މަދަހަ ހިމެނެއެވެ. މި ހުރިހާ މަދަހައަކީ ވެސް ޢަބްދުﷲ ފަރީދުގެ އަމިއްލަ ރާގުތަކެވެ.

Advertisement
HDC — Sidebar (box)

މި މަދަހަ އަލްބަމުގެ ތިން ޅެމަކީ އަލް އުސްތާޒް އާދަމް ނަސީރު އިބްރާހިމް ހައްދަވައިފައިވާ ތިން ޅެމެވެ. އަނެއް ދެ ޅެން ހައްދަވައިދެއްވީ އާމިނަތު އަގްލީމާއެވެ.

<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fwatch%2F%3Fv%3D1174711492956995&amp;width=500&amp;show_text=true&amp;height=411&amp;appId" width="500" height="411" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>

އަބްދުالله ފަރީދުގެ ފަހުގެ މި މަދަހަ އަލްބަމްގެ މެއިން ސްޕޮންސާއަކީ އަލްކައުން ޓީވީ ޗެނަލެވެ.

“ފަހު ޒަމާން” މަދަހަ އަލްބަމްގެ ހުރިހާ މަދަހައެއް ވެސް މިހާރު ސައުންޑްކްލައުޑުން އަޑުއަހާލެވޭނެއެވެ. އެ މަދަހަތައް އަޑު އަހާލުމަށް ތިރީގައި މިވާ ލިންކު ހުޅުވާލާށެވެ.

https://soundcloud.com/user-349819630/sets/fahu-zamaan

މި މަދަހަ އަލްބަމް އަޑުއެހުންތެރިންނާ ހަމައަށް ދޫކޮށްލުމަށް ދޮޅު ހަފްތާއެއްހާ ދުވަސް ހޭދަވިއެވެ. މި އަލްބަމްގެ ހުރިހާ މަދަހައެއްގެ ކޮމްޕޯސިން ހަދައިފައި ވަނީ ވެސް ހަމަ އަބްދުالله ފަރީދެވެ.

މި އަހަރުގެ ރަމަޟާން މަހު ފަރީދު ވަނީ ދެ އަލްބަމެއްގައި މަސައްކަތް ކޮށްފައެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ކޮންމެ އަހަރަކު ވެސް ގެނެސްދޭ “ހިދާއީ ނޫރު” މަދަހަ އަލްބަމްގެ މިއަހަރުގެ އަލްބަމްގައި ވެސް އަބްދުﷲ ވަނީ މަސައްކަތް ކޮށްފައެވެ.

މި އަލްބަމް ނެރުމުގައި އަބްދުﷲ ފަރީދަށް އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް އޭނާ ވަނީ ޚާއްސަ ޝުކުރެއް ރައްދު ކޮށްފައެވެ. އެގޮތުން ޝަލަބީ، ޝަފީޤް(ސައްޕެ)، ޝެއިޚް އިބްރާހިމް ފަރީދު، އުސްތާޒު އާދަމް ނަސީރު އަދި އުސްތާޒާ އާމިނަތު އަގްލީމާގެ ނަން ފާހަގަ ކުރިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް