ޚަބަރު

އުމުރުން 16-18 އަހަރުގެ ކުދިންނަށް ދޭން ފައިޒާ ވެކްސިން ހޯދަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19އިން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމްގައި އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ގަޔަށް ޖެހުމަށް ފަައިޒާ ވެކްސިން ގަންނަން ލިބޭތޯ ބަލަމުން އަންނަ ކަމުގައި މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް މިހާރު އުޅެނީ 16އަހަރުން ދަށުގެ ކުދިންގެ މެދުގައި ކަމަށެވެ. އެގޮތުން އެ އުމުރުގެ ކުދިންތަކަކަށް ބަލި ޖެހިފައިވުމާއި އަދި އެ ކުދިންނަށް ކޮވިޑް ވެކްސިން ނުޖެހޭތީ ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިތުރަށް ފައިޒާ ވެކްސިން ގަންނަން ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި 16 އަހަރާއި 18އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުމަކީ އެންމެ ބޮޑު ބޭނުން ކަމުގައެވެ.

މިނިސްޓަރު ވިދާޅުވީ އެ އުމުރުފުރާގެ 12،000 ކުދިން އެބައުޅޭ ކަމަށާއި އެކުދިންނަށް ވެސް ރައްކާތެރި ވެވޭނީ ކޮވިޑް ވެކްސިން ޖެހުމުން ކަމަށެވެ.

ރާއްޖޭޣައި މިހާތަނަށް 296،961 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދަކީ 102،589 އެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!