ޚަބަރު

އާ ކައުންސިލް ހުވާ ކުރުން މިމަހު 17 ވަނަ ދުވަހު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އޭޕްރީލް 10 ވަަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލް މެންބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މި މަހުގެ 17 ގައި ބާއްވަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފިއެވެ.

Ads by Sosun Fihaara

އެލްޖީއޭ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން، މިފަހަރު ކައުންސިލުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އަދި އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރުވަމުންދާ ކަމަށް ވެސް އެފަރާތުން ހާމަ ކޮށްފައިވެއެވެ،

މިފަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ނަމަވެސް އެމްޑީޕީއަށް ވަނީ ކުރިން އެޕާޓީން މާލެ ސިޓީ އައްޑޫއާއި އައްޑޫ ސިޓީގައި ދަމަހައްޓަމުން އަންނަ މެޖޯރިޓީ ގެއްލިފައެވެ. މިއިންތިޚާބުގައި އެމްޑީޕީން ވަނީ 400 ގޮނޑި ހޯދައިފައެވެ. އިދިކޮޅު ޕީޕީއެމްއަށް ލިބިފައި ވަނީ 325 ގޮނޑިއެވެ، އަދި ޖުމްހޫރީ ޕާޓީއަށް 23 ގޮނޑި ލިބުނުއިރު އަދާލަތު ޕާޓީއަށް ލިބިފައިވަނީ 11 ގޮނޑިއެވެ. އަދި އެމްޑީއޭ އިން 16 ގޮޑި ކާމިޔާބު ކުރިއިރު، ލޭބަރ ޕާޓީން ވެސް ގޮނޑިއެއް ކާމިޔާބު ކޮށްފައި ވެއެވެ. މި އިންތިޚާބުގައި އަމިއްލަ ގޮތުން 600 ކެންޑިޑޭޓަކު ވާދަކުރިއިރު އޭގެ ތެރޭން ގޮނޑި ކާމިޔާބު ކުރެވުނީ 173 ކެންޑިޑޭޓަކަށެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!