ދުނިޔެ

ކޮވިޑް-19 ޓެސްޓް ކުރަން ނޭފަތަށް ކޮށްޕާ ކަފަބުރި ދޮވެގެން އަލުން ބޭނުން ކުރާ މައްސަލައެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެއް ފަހަރު ބޭނުންކޮށްފައި ހުންނަ , ކޮވިޑް-19 އަށް ޓެސްޓްކުރަން ގެންގުޅޭ ނޭފަތަށް ކޮއްޕާ ކަފަބުރު ދޮވެ، އެ ވިއްކާ މައްސަލައެއްގައި އިންޑަނޭޝިއާގެ ޕާމަސޫޓިކަލް ކުންފުންޏެއްގެ ގިނަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނެފައި ވަނީ މިގޮތަށް ދެވަނަ ފަހަރަށް ދޮވެގެން އިންޑޮނޭޝިއާގެ މެޑަންގެ އެއަރޕޯޓެއްގައި 9،000 އަށްވުރެ ގިނަ ދަތުރުވެރިން ޓެސްޓް ކުރެވިފައިވާ ކަމަށެވެ. ކިމިއާ ފަރުމާ ކިޔާ މިކުންފުނީގެ މުއައްޒިފުން މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން، ދޮވުމަށް ފަހު ކަފަބުރި ބޭނުން ކުރި ދަތުރުވެރިންނަށް ބަދަލު ދިނުމަށް އެ ޤައުމުގެ ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކަށް އެތެރެވުމުގެ ކުރިން ކޮވިޑް-19 ޓެސްޓް ހަދަން ޖެހެއެވެ. އަދި ބައެއް ޤައުމުތަކުގައި އެތެރޭގެ އުދުހުންތަކުގައި ވެސް މި ޓެސްޓް ކުރަން ޖެހެއެވެ. އެ އާ އެކު ބައެއް އެއަރޕޯޓްގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ކަފަބުރި ދޮވެގެން ބޭނުންކޮށްފައި ވަނީ މިގޮތަށް އެއަރޕޯޓްގައި ހަދާފައިވާ ޓެސްޓް ސެންޓަރެއްގައެެވެ.

އިންޑޮނޭޝިއާގެ ފުލުހުން އެޤައުމުގެ މީޑިއާތަކަށް ބުނެފައި ވަނީ، އެ އެއަރޕޯޓްގައި ހިންގަމުން އަންނަ ކޮވިޑް-19 ޓެސްޓް ސެންޓަރުތަކުގެ ނަތީޖާ އާމެދު ގިނަ ބަޔަކު ކަންބޮޑުވުމާ ގުޅިގެން، ފުލުހުން އަންޑަ ކަވަރ އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށެވެ. އަދި މި އޮޕަރޭޝަން ފަޅައިއަރައި މިދިޔަ އަހަރު ޑިސެންބަރ މަހުން ފެށިގެން މި ގޮތަށް ދޮވެގެން ކަފަބުރި ބޭނުން ކުރަމުން ދިޔަކަން އެނގެއެވެ.

މިގޮތަށް ކަފަބުރި ދޮވެގެން ބޭނުންކޮށްގެން އެ ކުންފުންޏަށް 124,800 ޑޮލަރުގެ އާއްމުދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!