އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މި ސަރުކާރުގައި އެމީހެއްގެ ރޭންކިން މަތި ވާ ކަމެއް: އަލީ ރަމީޒް
އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މި ސަރުކާރުގައި އެމީހެއްގެ ދަރަޖަ މަތިވާ ކަމެއް ކަމުގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފްގެ މިހާރުގެ އިސް މެމްބަރެއް ކަމުގައިވާ އަލީ ރަމީޒް މިހެން ވިދާޅުވީ ސަރުކާރުގެ އެކި މަޤާމުތަކަށް އިސްލާމްދީނަށް ފުރައްސާރަކޮށް އެކި ވާހަކަތައް ދެއްކެވިކަމުގެ ތުހުމަތު ކުރެވޭ ބޭފުޅުން މަތީ މަގާމުތަކަށް އައްޔަން ކުރައްވަމުންދާތީ އެކަމާ ނުރުހުން ފާޅު ކުރައްވަމުންނެވެ.
ޢަލީ ރަމީޒް މިހެން ވިދާޅުވީ އެންވަޔަރުމަންޓު މިނިސްޓަރ ކަމަށް އިއްޔެ އައްޔަން ކުރެއްވި އައިޝަތު ޝައުނާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާރިޖީ ކަންކަމާ ގުޅޭބައިގެ އިސްމަޤާމެއް ފުރުއްވަމުންދާ ޞަބްރާ ނޫރައްދީންގެ ފޮޓޯއާއެކު މީހަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓު ކުރައްވައެވެ.
އަލީ ރަމީޒްގެ އިތުރުން ސަލަފް ޖަމިއްޔާއިން ވެސް ވަނީ ސަރުކާރުގެ އެކި މަޤަމުތަކުގައި ތިއްބެވި ބޭފުޅުންގެ ޝާމިލުވުމާ އެކު ނެރުނު އެމްޑީއެން ރިޕޯޓާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުކޮށްފައެވެ.
އެމްޑީއެންގެ އެ ރިޕޯޓުގައި ، ކީރިތި ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާ ކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލު ކަމުގައްޔާއި، އެއީ ތެދު ހަގީގަތެއް ނޫން ކަމަށް ބުނެ ދޮގު ބުހުތާނު ވާހަކަތައް ލިޔެފައިވެއެވެ. އަދި އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ކީރިތި ރަސޫލާ (ޞޢވ) އަށް ލޯބިވާން ޖެހޭނެ ކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަލޭގެފާނަށް ފާޑު ކިޔުމީ ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމަށް ބުނެ އަޅުގަނޑުމެންގެ މާތް ނަބިއްޔާ (ޞޢވ) އަށް ފުރައްސާރަކޮށްފައި ހުއްޓެވެ.
މީގެއިތުރުން ކައިވެނިން ބޭރުން ހިންގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކަމަކަށް ނުވާތީ އެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ހައްދުތަކާއި ގިސޯސްއާއި މަރުގެ ހުކުމާއި ދެކޮޅު ހަދައި އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ވެސް ސިފަ ކޮށްފައި ވެއެވެ. އޭގެ އިތުރުން ހުކުރު ހުތުބާތަކުގައި ނަރަކަ އާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެ ސަބަބުން ބިރުވެރިކަން އުފެދޭ ކަމަށް ވެސް އެމްޑީއެންގެ ލާދީނީ ރިޕޯޓުގައިވެއެވެ.
ޢަލީރަމީޒަށް ރޯދަހިފަން ޖެއްސީކީ މިސަރުކާރަކުންނޫން. ޢެހެންވީމަ ރޯދަހިފަންޖެހިގެން އަންނަ ރުޅިގައި ފިތުނައުފެއްދުމަށް ދިމާނުކުރުމަށް ނަސޭހަތްދެން. ރޯަދައަށް ހުންނައިރު ތިމާހެއްދެވި ރައްބުގެ މަތިވެރި ރަސްކަންފުޅު ހަނދާން ކުރެވޭނަމަ ތިޔަބާވަތުގެ ނުބައި ވިސްނުމެއް ނާންނާނެ.