ޚަބަރު

ހަވީރު 4 އިން ފަތިހު 5އަށް 5 ރަށެއްގައި ކާފިއު އިއުލާނު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ކޮވިޑް-19 ހާލަތު ގޯސްވުމާ ގުޅިގެން ހަވީރު 4 އިން ފަތިހު 5 އަށް 5 ރަށެއްގައި ކާފިއު އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އިއުލާނެއްގައި ވިދާޅުވެފައި ވަނީ 2021 މޭ 7 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށީގައި ގިނަ ފިޔަވަޅުތަކެއް އެޅުމަން ނިންމައިފައިވާ ކަމަށެވެ. އެ ފިޔަވަޅުތަކަކީ:

1. ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.

2. ޕާޓީތަކާއި، ޙަފްލާތަކާއި،ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

3. ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

4. އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.

5. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

6. ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުން.

7. ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތްދިނުން.

8. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން (މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.)

އަތޮޅުތެރެއާއި މާލެ ސަރަޙައްދުގައި ވެސް މިދުވަސްވަރު އަންނަނީ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންނެވެ. އެގޮތުން އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ވެސް ރާއްޖެއިން 700 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ. އަދި މިހާތަނަށް 30 ރަށެއް ވަނީ ކޮވިޑް ފެތުރެމުން ދިޔުމާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ.

Ads by HDC
  1. ސީރާ ޕާރސަލް

    ކޮވިޑް ފިޔަވަޅު ނ.7 ކިއާ ކިއާ ބޯގޮވައިފި

    • ާއަވަރު

      ރާނީ ފުޅީގެ ފޫ ލޮލުގައި އަޅާގެން ކިޔާބަލަ