Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހިރިލަންދޫ މުޖުތަމަޢުން ކޮވިޑް-19 ފެނިއްޖެ

ތ.ހިރިލަންދޫން ކުރި ރެންޑަމް ސާންޕަލްތަކުން އެރަށުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހިރިލަންދޫ ހެލްތް ސެންޓަރުން ވިދާޅުވީ، ބައްޔަށް ފައްސިވެފައި ވަނީ 4 މޭ ވަނަ ދުވަހު ޓެސްޓް ކުރެވުނު ފަރާތެއް ކަމަށެވެ. އަދި އެރަށުގައި ރެންޑަމް ސާންޕަލް ނަގަން ނިންމީ ރޯގާ ޖެހިގެން ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަމުން އަންނާތީ ކަމަށް ވެސް އެ ސެންޓަރުން ހާމަ ކުރެއެވެ.

ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެނަމަ އެޗްޕީއޭގެ އާއްމު އުސޫލެއްގެ ގޮތުން އެރަށެއް މޮނިޓަރިންގގެ ހާލަތަށް ގެނެވޭނެއެވެ.

Advertisement
Ooredoo — Square (box)

މިހާރު ރާއްޖޭގައި އާދަޔާ ޚިލާފު މިންވަރަކަށް ކޮވިޑް-19 ފެތުރެމުން އަންނައިރު، މިއަދު އެކަނި ވެސް 700 އަށްވުރެ ގިނަ ރަށުން ކޮވިޑް-19 ވަނީ ފެނިފައެވެ. އަދި މިވަގުތާ ހަމައަށް ރާއްޖޭގެ 39 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް