ޅައިމަގަށް އަރައި ފޭބުން މަނާކޮށްފި

ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވުމުން ށ. ޅައިމަގަށް އަރައި ފޭބުން މަނާކޮށް، އެ ރަށް މޮނީޓަރިންގަށް ލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޅައިމަގު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ހާމަކޮށްފައެވެ.
އެ ރަށު ކައުންސިލުން ވިދާޅުވީ އެރަށުން މިވަގުތު ޖުމްލަ ހަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަަމަށެވެ.
ފައްސިވީ ހަ މީހުންގެ ތިން މީހުންނަކީ ރާއްޖެއިން ބޭރުން އައިސް ހޯމް ކަރަންޓީނުގައި ތިބި މީހުން ކަމަށާއި އަނެއް ތިން މީހުންނަނީ ކޮވިޑުގެ އަލާމާތްތައް ހުރިކަމަށް ފެނިގެން ސާމްޕަލް ނެގި ތިން މީހުން ކަަމަށް ވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ 29 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ.