ދުނިޔެ

އިންޑިއާގައި ކޮވިޑް-19އިން ދިފާއުވުމަށް ކަމަށް ބުނެ ގައިގައި ގެރިގުއި ހާކަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ކޭސްތައް އިންޑިއާގައި ވަނީ ކޮންޓްރޯލުން ނައްޓައިފައެވެ. އެގައުމުގެ ހޮސްޕިޓަލުތަކަށް ނުކަތާ ވަރަށް ބައްޔަށް މީހުން ފައްސިވެފައި ވާއިރު ކޮންމެ ދުވަހަކުމެ އެތައް ބަޔަކު އެ ބަލީގައި ދުނިޔެ ދޫކުރެއެވެ. އަދި އެގައުމުގައި މަރުވުމުން މީހުން އަންދަން ބޭނުން ކުރާ ލަކުޑި ހުސްވެފައިވާ ކަމަށް ވެސް ދާދިފަހަކުން މީޑިއާތަކުން ރިޕޯޓް ކުރިއެވެ. ނަމަވެސް މަރުވާ މީހުން ވަޅުލުމަށް އިންޑިއާއިިން ދެކޮޅު ހަދައެވެ.

Ads by Sosun Fihaara

ރޮއިޓާސް އިން އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ގިނަ ބަޔަކު ތިބެގެން ގައިގައި ގެރިގުއި ހާކާ މަންޒަރެވެ. އެއީ އެމީހުން ގަބޫލު ކުރާ ގޮތުގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ކުރާ ކަމެކެވެ.

އެމީހުން ބުނާ ގޮތުގައި އެތަނަށް ގެރިގުއި ހާކަން ޑޮކްޓަރުންނާއި މަގަތު ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް އާދެއެވެ. އަދި އެމީހުން އެކަން ކުރަނީ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ކަމަށާއި އެ ހާކައިގެން ބަލި މީހުންގެ ގާތަށް ދިއުމުން ބަލި ޖެހުމުން ރައްކާތެރި ކޮށްދޭ ކަމަށް އެމީހުން ގަބޫލު ކުރެއެވެ.

އިންޑިއާގެ ބައެއް ޑޮކްޓަރުން ވެސް މިކަމާ ދެކޮޅަށް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން އިންޑިއާގެ ޑޮކްޓަރަކު ވިދާޅުވީ މިއީ ސައިންސްގެ އަލީގައި އެއްގޮތަކަށް ވެސް ސާބިތުވެފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު ބަލިތައް ފެތުރޭނެކަން ރައްޔިތުން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެމީހުން ގެރިކިރާއި ޔޯގަޓް ބޭނުން ކުރަނީ އެމީހުންގެ އެނާޖީ ލެވެލް މަތި ކުރުމަށް ކަމަށް ވެސް އެމީހުން ބުނެއެވެ.

އިންޑިއާގައި މިހާތަނަށް 22 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19ގެ ޝިކާރައަކަށް ވެފައެވެ. އަދި 246000 މީހުން މި ބަލީގައި ވަނީ ދުނިޔެ ދޫކޮށްފައެވެ.

Ads by HDC
  1. އަހްމަދު

    އީދަށް ހީނާފަތް އަޅަނީ