ޚަބަރު

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ކޮރަޕްޝަނާއި ޚިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ނުވަތަ އެ މައްސަލައިގެ ތެރެއިން މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޖިނާއީ ތަޙްޤީޤު ގޮސްފައިވާ ހިސާބާއި، އެ ތަހްޤީޤުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ސަބަބުތައް ސާފު ކުރެއްވުމަށް އެދިވަޑައިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކުގައާއި، ޝަރުޢީ ދާއިރާގައާއި، މިނިވަން މުއައްސަސާތަކުގައާއި، ރައްޔިތުންގެ މަޖިލީހުގައާއި، މިނިސްޓަރުންގެ ގޮތުގައާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ކުރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތައް ހިމެނެއެވެ.

އެ ރިޕޯޓުގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގައިފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވި ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތުވާ 281 ފަރާތުގެ ނަން ހިމެނިގެންވެއެވެ.

ލިސްޓް

ރައްޔިތުންގެ މަޖިލީހުން މި ލިސްޓު މިއަދު އާންމުކޮށްފައިވާ އިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެ ރޭގައި ދައުރުވަމުން ދިޔަ ލިސްޓާއި މިއަދު އާންމުކޮށްފައިވާ ލިސްޓުގައި ތަފާތުތަކެއް ހުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!