ޚަބަރު

ކުރިނބީން މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވީ އަމިއްލައަށް ކަމަށް ބެލެވޭ!

ދެން އެމްވީ ، ދެން އޮންލައިން

ހދ.ކުރިނބީ ގޮނޑުދޮށުގައި ބަރަހަނާ ހާލުގައި މަރުވެފައި އޮއްވާ މިރޭ ފެނުނު އިންޑިއާގެ އަންހެން މީހާ މަރުވީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށް އެ ރަށުން "ދެން"އާ ވާހަކަ ދެއްކި މީހުން ބުނެފިއެވެ.

Ads by STELCO

މަރުވެފައި އޮއްވާ ފެނުނު މީހަކީ އެ ރަށު ސުކޫލުގެ ޓީޗަރެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެރަށު ހުޅަނގު ފަރާތު ރާޅުޖަހާ ހިސާބުންނެވެ. އެމީހާގެ ފެނިފައި ވަނީ މިރޭ 8:40 ހާއިރުއެވެ.

"ދެން"އާ ވާހަކަ ދެއްކި އެ ރަށުގެ މީހުން ބުނީ އޭނާގެ ފިރިމީހާއާ މައްސަލަ ޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ މިރޭ ގެއިން ނިކުތީ ބެޑްޝީޓެއް ހަށިގަނޑުގައި އޮޅައިލައިގެން ކަމަށާއި ، އޭނާ މަރުވި ކަމަށް ބެލެވެނީ މޫދަށް އެރި ގެނބިގެން ކަމަށެވެ. އަދި އޭނާ މޫދަށް އެރުނީ އަމިއްލައަށް މަރުވުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފައި ވެއެވެ.

މި ދުވަސްވަރަކީ ކުރިންބަށް ވެސް ވަރަށް ބޮޑަށް މޫސުމް ގޯސް ދުވަސްވަރެކެވެ. އޭނާ މޫދަށް އެރުނުއިރު ވެސް ވައިގަދަ ވެފައި ކަނޑުގަދައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާގެ ފިރިމީހާ މަސައްކަތް ކުރަނީ ރާއްޖޭގެ އެހެން ރަށެއްގައެވެ.

ކުޅުއްދުއްފުށީގައި ތިއްބަވާ ފުލުހުން ، މި މައްސަލަ ބެލުމަށްޓަކައި މިހާރު ކުރިންބަށް ދަތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

  1. އިބުރޭ

    “ާބަރަހަނާ” މިތަންކޮޅު ކޮންމެހެން ލިޔަނީ ކޮން މޯޓިވް އެއްގަ؟ ވަހުޝީ ވީމަހެން ވަރަށް ހީވޭ.