ޚަބަރު

ގދ.ވާދޫން އިތުރު މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގދ.ވާދޫއިން އިތުރު މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ވާދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު އިބްރާހިމް “ދެން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައްސިވީ އެރަށުން އެންމެ ފުރަތަމަ ފައްސިވީ މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވީ ފިރިހެނެއްް ކަމަށެވެ.

އެމީހާއަކީ ފައްސިވީ މީހާގެ ޑައިރެކްޓް ކޮންޓެކްޓެއްކަން އެނގުނު ހިސާބުން އެމީހާ ބެހެއްޓީ ކަރަންޓީނުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ފައްސިވީ މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ބައެއް ނަތީޖާތައް އަދި ނުލިބޭ ކަމަށާއި ލިބުނު 3 ނަތީޖާގެ ތެރެެއިން 2 ސާމްޕަލް ނައްސިވެފައިވާއިރު އެކަކު ފައްސިކަމަށް އޭނާ ވިދާޅުވިއެވެ.

ވާދޫއިން ފުރަތަމަ ފައްސިވީ މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެގެން 9 މީހެއްގެ ސާމްޕަލް ނަގައިފައި ވެއެވެ.

ވާދޫއިން ފުރަތަމަ ފައްސިވި މީހަކީ މާލެއިން އެރަށަށް ދަތުރުކޮށް ކަރަންޓީނުގައި ހުރި މީހެކެވެ.

މިއަދު ފައްސިވީ މީހާއާއެކު އެރަށުން ފައްސިވީ މީހުންގެ އަދަދު ވަނީ 2އަށް އަރައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!