Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފަލަސްތީނާއި އިޒްރޭލަށް އޮތް ހައްލަކީ ވަކި ދެ ދައުލަތެއް އުފެއްދުން: ރައީސް ނަޝީދު

ފަލަސްތީނާއި އިޒްރޭލަށް އޮތް ހައްލަކީ ވަކި ދެ ދައުލަތެއް އުފެއްދުން: ރައީސް ނަޝީދު

ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް ހަމަނުޖެހުމަށް އޮތް ހައްލަކީ ވަކި ދެ ދައުލަތެއް އުފެއްދުން ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ޚަބަރުތައް އިވިވަޑައިގަތުމުން އެ މަނިކުފާނު ނުހަނު ކަންބޮޑުވެފައިވާ ކަމަށެވެ.

"އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ޖެހޭ، އަދި ބަންދު ކޮށްފައިވާ މަގުތައް ވެސް ހުޅުވައިލާ، ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ވިޔަފާރިކޮށް، އަމިއްލަ ދިރިއުޅުމެއް ހޯދޭނެ މަގުފަހި ކޮށްދޭން ޖެހޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/MohamedNasheed/status/1394693661380648964?s=20

ރައީސް ނަޝީދު މި މެސެޖު ދެއްވި އިރު ހުންނެވީ، މި މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގަތް އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް