ޚަބަރު

ކޯވިޑް-19 : ގއ. ވިލިނގިލީގައި ވެސް ކާފިއު އިޢުލާންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގއ. ވިލިނގިލީގައި ވެސް ކާފިޢު އިޢުލާންކޮށް، ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

Ads by STELCO

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނެރެފައިވާ އެންގުމުގައި މިއަދުން ފެށިގެން މިމަހުގެ 26އަށް ގއ. ވިލިނގިލީގައި ވަނީ ކާފިޢު އިޢުލާންކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި އިރުއޮއްސި 6 އިން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާކަމެކެވެ.

މީގެ އިތުރުން އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ވެސް ހުއްޓައިލުމަށް އަންގާފައިވެއެވެ. އަދި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ.

އަދި ފިހާރަތަކާއި ޓެކްސީ ޚިދުމަތް ދޭއިރު، އެޗްޕީއޭގެ ގަވާއިދާއި އެއްގޮތައް ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޞިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ވެސް ހުއްޓާލުމަށް އެޗް.ޕީ.އޭއިން އަންގާފައިވެއެވެ.

ވިލިނގިލީގައި ވެސް ހޮޓާތަކާ ކެފޭތަކާއި ރެސްޓޯރަންޓްތަކަށް އާންމުން ގޮސްގެން ޚިދުމަތް ހޯދުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް ކަނޑައަޅައިފައިވާ އުޞޫލުން ޓޭކްއަވޭގެ ޚިދުމަތާއި ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!