Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފަސްވަނަ ބުރިން ރޭ ވެއްޓުނު މީހާ އަދިވެސް ހޭނާރާ، އޮތީ އައިސީޔޫގައި

ފަސްވަނަ ބުރިން ރޭ ވެއްޓުނު މީހާ އަދިވެސް ހޭނާރާ، އޮތީ އައިސީޔޫގައި

މާލޭގެ އިމާރާތެއްގެ ފަސް ވަނަ ބުރިން ރޭ ވެއްޓުނު މީހާ އަދިވެސް ހޭ ނާރާ ކަމަށާއި ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައިކަމަށް އިތުބާރު ހުރި ފަރާތަކުން "ދެން" އަށް ކަށަވަރު ކޮށްދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފަސްވަނަ ބުރިން ވެއްޓި، ގައިގެ އެކި ތަންތަން ބިންދައިގެން ގޮސްފައިވެއެވެ. އަދި ބޯ ފަޅައިގެން ގޮސްފައިވީ ނަމަވެސް ބޮލަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް ވެސް ދެން އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން ރޭ މާލޭގެ އިމާރާތެއްގެ ފަސްވަނަ ބުރިން ވެއްޓިފައިވަނީ ނ. މާފަރު ފިރިހެނެއް ކަމަށް ވެސް "ދެން" އަށް ވަނީ ކަށަވަރު ވެފައެވެ.

Advertisement
Ooredoo — Square (box)

އޭނާ ވެއްޓެން ދިމާވި ސަބަބެއް އަދި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެ މީހާ ވެއްޓުނު ހިސާބުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ޒަޚަމްތަކާއެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ރޭ ހުޅުމާލެއިން ވެސް ފެނިފައި ވެއެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ވެސް ފުލުހުން އަދި ނުދެއްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް