‘’ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެމަނިކުފާނުގެ ދަޢުވަތެއް’’
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ އެމަނިކުފާނު ދައުވަތު ދެއްވައިގެން ދިން ހަމަލާއެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ތުހުމަތު ކުރައްވައިފިއެވެ.
އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަކީ ، ހައްދުފަހަނައަޅާފައިވާ ބަޔަކު ތިބިކަން އެނގި އެމީހުން ރުޅި އަރުވައިގެން ދީނީ ނުކިއްސަރު ވާހަކަ ދައްކުވައިގެން ނަޝީދު ކުރުވި ކަމެއް ކަމަށެވެ.
ރައީސް ނަޝީދާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާނަކީ މީސްމީޑިއާގައި އަބަދުވެސް ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރައްވާ ދެ ބޭފުޅުންނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ޝައްކު ކުރެވޭ ކަމަށް އެ ހަމަލާއާ ގުޅިގެން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ހަމަލާގައި ހައްޔަރު ކުރެވުނީ ބޮން ގޮއްވައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދު އާއި މއ. ފޭރުގެ މުޖާޒް އަހްމަދު އާއި ގއ.ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދު އަދި ލ.ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ. ތަހުމީން އަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ފާތިހު އަކީ އެ ސައިކަލު ނީލޯފަރުހިނގުމާއި މަޖީދީ މަގާވީ ކަންމަތީގައި ބެހެއްޓި މީހާއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި ގޮއްވައިލި އައިއީޑީގެ ތެރެއަށް އަޅައިފައިވާ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަން ފޫ އަޅުވާލިއެވެ. އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން 16 ގަޑިއިރުގެ ސާޖަރީތަކަށް ފަހު އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމަނިކުފާނު ސަލާމަތްވީ ހަމަ ކިރިޔާއެވެ.
ޢަލިފާނުގެ އަނގަ ފެޅީ ދޯ؟ ޢަޅެ ނުފެނޭތަ ރަޢީސް އަށް ވެފަ ހުރި ވަރު .ކިރިޔާ އެހެރީ ބޯ ދެފަޅި ނުވެ. ކިހާވޭނެއް އަޅާނެތަ.ގެޓުވެލްސޫން އެންޑް ކަމްސޫން ރައީސް.