Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖެ ފަލަސްތީނާ އެކު އޮތުން، ފޭސްބުކްއަށް ހަޖަމެއް ނުވި!

ރާއްޖެ ފަލަސްތީނާ އެކު އޮތުން، ފޭސްބުކްއަށް ހަޖަމެއް ނުވި!

ރާއްޖެ އާއި ފަލަސްތީނާ ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ސޯޝަލް މީޑިއާގެ އެންމެ އިސް އެއް ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްއަށް ހަޖަމެއް ނުވިއެވެ.

ފަލަސްތީނާއެކު ރާއްޖެވާކަން އަންގައި ދިނުމުގެ ގޮތުން ދާދިފަހުން ޒުވާނުންތަކެއް ވަނީ "މޯލްޑިވްސް ވިތު ފަލަސްތީން" ގެ ނަމުގައި ފޭސްބުކް ގްރޫޕެއް ހަދައިފައެވެ.

ނަމަވެސް ފޭސްބުކް އިން މިއަދުގެ ވަގުތެއްގައި ވަނީ އެ ގްރޫޕް ބޭރުކޮށްލައިފައެވެ.

Advertisement
Ooredoo — Square (box)

ފޭސްބުކްއިން އެ ގްރޫޕު ބޭރުކޮށްލާފައިވާ އިރު، އެ ގްރޫޕުގައި 50،000 އާއި ގާތް ކުރާ އަދަދަކަށް މެމްބަރުން ތިއްބެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާއި، ފަލަސްތީނުގެ ހާލަތާ ގުޅޭ އެކިއެކި މައުލޫމާތުތަކުގެ އިތުރުން ރާއްޖޭގައި ބާއްވަމުން އަންނަ ހުރިހާ ހަރަކާތްތަކެއް އެންމެފަހުގެ މައުލޫމާތު މި ގްރޫޕުން ލިބެން ހުއްޓެވެ. އަދި އިވެންޓުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިއްސާ ކުރަމުން ދިޔައެވެ.

"މޯލްޑިވްސް ވިތު ފަލަސްތީނު" ގްރޫޕް ފޭސްބުކް އިން ހުއްޓުވާފައިވީ ނަމަވެސް، ފަލަސްތީނަށް ހިތްވަރު ދިނުމުގެ ގޮތުންނާއި އެހީތެރިވުމުގެ ގޮތުން އަންނަ ހަފްތާގައި ވެސް ވަނީ ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައެވެ.

އިސްރާއީލާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލާ އެހެން ބައެއް ފަރާތްތަކުގެ އަޑު ވެސް އެ ޕްލެޓްފޯމްތަކުން ދަނީ ކެނޑުވޭތޯ މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް