ދުނިޔެ

ކޭބަލް ކާރެއް ވެއްޓި 13 މީހުން މަރުވެ، 2 ކުޑަކުދިން ޒަހަމްވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިޓަލީގެ ސަރަހައްދެއްގައި ދުއްވާ ކޭބަލް ކާރެއް ވެއްޓި 13 މީހަކު މަރުވެ، 2 ކުދީންނަށް އެކި ވަރުގެ އަނިޔާވެއްޖެއެވެ.

Ads by Sosun Fihaara

“ސްޓްރެސާ މޮޓަރޯން” ނަމަކަށް ކިޔާ އެ ކޭބަލް ކަރަކީ އިޓަލީގެ އަވަށެއް ކަމަށްވާ ސްޓްރެސާއިން ފަތުރުވެރިންނާއި އާންމު ފަރާތްތަކާއެކު ދަތުރު ކުރާ ކާރެކެވެ. އެ ކާރު ދަތުރުކުރަނީ އެ އަވަށުން ފެށިގެން ފަރުބަދައެއްގެ އެންމެ އުހަށެެވެ. 20،000 މިނިޓު ތެރޭގައި 1400 މީޓަރު މައްޗަށް އެ ކޭބަލު ކާރު ދަތުރުކުރެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ދަތުރު ފެށިތާ މާގިނަ އިރުނުވެ ކަމަށް އެ ސައިޓުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. އަދި އެކްސިޑެންޓު ހިނގާފައި ވަނީ 100 މީޓަރަށް ދަތުރު ކުރެވުނު ފަހުން ކަމަށެވެ. ރެސްކިއު ޓީމުން ބުނީ މި ހާދިސާ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބު ބުނަން ނޭނގުނު ނަމަވެސް ލަފާ ކުރެވެނީ އެކަން ހިނގީ ކޭބަލެއްގައި ޖެހުނު މައްސަލައަކުން ކަމަށެވެ.

ޖުމްލަ 15 މީހުން އެ ކޭބަލް ކާރުގައި ދަތުރުކުރި އިރު އުމުރުން 10 އަހަރުން ދަށުގެ 2 ކުޑަކުދިން ހިމެނޭކަމަށް ރެސްކިއު ޓީމުން ބުނެއެވެ. ކޭބަލް ކާރު ވެއްޓުނު ސަރަހައްދަކީ ފުދޭވަރަކަށް ގަސް ގިނަ ސަރަހައްދެއްކަމުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް ޓިީމުން ބުނެއެވެ.

Ads by Allied Insurance
  1. ޒިމްޒިމް

    ޖާބިރު ފެނޭތަ؟ ކާށިދުއާއި ގާފަރު ކޭބަލްކާރު ވެއްޓުނިއްޔޯ.. އަޅެފަހެ އުނދޯލިޔެއްތަ އެއީ ކެޑިގެންވެއްޓެން..

  2. ކަތީބު

    ކޭބަލް ކާރުވެއްޓުނީ މާލެއާ ކާށިދޫއާ ދޭތެރައައްތޯ؟ ޖާބިރުވީކޮންތާކު ތިވެއްޓުނުއިރު.

  3. ޢަލީ

    ތިކާރުގެ ސްޕީޑަކި މިނެޓަކު 14.2 މީޓަރު