ދުނިޔެ

ކޮރޯނާއަކީ އާދައިގެ އެއްޗެއްކަމަށް ހީނުކުރޭ- ކޮވިޑްގައި މަރުވި މީހެއްގެ ފަހު މެސެޖު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮންޓްރޯލެއް ނެތި ދުނިޔޭގެ ހަތަރު ބިތަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް19 ގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މިބަލީގައި އަވަށްޓެރި އިންޑިޔާއިން މިހާތަނަށް ތިންލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުހީއަށް އެރީ ކޮވިޑަށް ފަރުވާދޭން ފްރަންްޓްލައިނުގައި އުޅުނު މާބަނޑު ޑޮކްޓަރެއްގެ މަރުގެ ވާހަކައެވެ.

Ads by Sosun Fihaara

ޑިމްޕަލް އަރޯރާ ނަމަކަށް ކިޔާ އިންޑިޔާގެ މި ޑޮކްޓަރއަށް ކޮވިޑް ޖެހުނުއިރު އޭނާގެ ބަނޑަށް 7 މަހެވެ.

"ކޮރޯނާއަކީ އާދައިގެ އެއްޗެއް ކަމުގައި ނުދެކޭ.. ވަރަށް ގޯސް.. ވަރަށް ގޯސް ބަލީގެ އަލާމާތްތައް ވެސް. އަހަންނަކަަށް ވާހަކައެއް ވެސް ނުދެއްކޭ.. އެކަމަކު އަހަރެން ބޭނުން އަހަރެންގެ މެސެޖް އެންމެންނަށް ފޯރުކޮށްދޭން.." ސޯޝަލްް މީޑިޔާއަށް ދޫކޮށްލި ވީޑިޔޯ މެސެޖެއްގައި އުމުރުން 34 އަހަރުގެ ޑިމްޕަލް ބުނެފައިވެއެވެ.

އުމުރުން 3 އަހަރުގެ ފިރިހެން ދަރިއަކި ވެސް ހުންނަ ޑިމްޕަލް ދިޔައީ މާބަނޑު ނަމަވެސް ކޮވިޑް ފްރަންޓްލައިނުގައި މަސައްކަތް ކުރަމުންނެވެ.

ޑިމްޕަލްގެ މަރާ އެކު އެކަނިވެފައިވާ އޭނާގެ ފިރިމީހާ މީޑިޔާއަށް ބުނީ ކޮވިޑް ކޭސްތައް ދަށްވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް ސަމާލުކަށް ދިނުމަކީ މުހިއްމުކަމެއް ކަމަށާއި ބަލި ފެތުރި ގަންނަނީ ބޮޑު އަލިފާންގަނޑެއް ގޮތަށް ކަމަށެވެ.

"އޭނާއަކީ އެންމެ އެނަޖެޓިކް މީހާ. މާބަނޑު އިރު ކޮވިޑާ ދެކޮޅަށް ނުކުމެ ހިތްވަަރު ކުރި މީހާ..އެންމެންވެސް ސަމާލުކަން ދީ ރައްކާތެރިވޭ.. ކުރީގަ ބަލި ގިނައިން ޖެހެނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް މިހާރު މާބަނޑު މީހުންނަށް ވެސް ޒުވާނުންނަށް ވެސް ވަރަށް ނުރައްކާ" ޑިމްޕަލްގެ ފިރިމީހާ ރަވީޝް ބުންޏެވެ.

Ads by Ooredoo
  1. ޢިދުރީސް

    ނަަމަ ވެސް މި ސަރުކާރުން މިއުޅެނީ ރައިސް ނަސީދަކަށް ދިން ހަމަލާ އަކުން ސަލާމަތް ނުވެވިގެންނެވެ.

    • ދީނާ

      ކޮންމެ ކަމެއްވެސް ސިޔާސީ ނުކޮށްބަލަ

    • ތެދު ލޯ

      ވ ބޮޑުތެދެއް! ސިޔާސީގޭމް ކުޅެނީވެސް ސަަރުކާރު ތެރޭގަތިބި މީހުން.

    • ނުބުނާނަން

      ކޮރޯނާ ފަތުރަނީ ވެސް ސަރުކާރުން ދޯ. ހަހަހަ.

  2. ތެދެއް. އެ ހަށިކޮޅު ހައްހައް

  3. ހުދުހުދު

    ތިއާލާތުން މަގުމަތީގަ ވަގަހާހެދި ދުވުނުއިރު އޯކޭ ދޯހަމަ

  4. ނިއުޓަން

    އަމިއްލަމީހާގެ މައްސޫލިއްޔަތު ކޮބާ